ސްކިލްޑް ކޮންޓެސްޓަކުން ޕޮލިޓެކްނިކުން ރިހި މެޑަލް ހޯދުމުގައި

ސްކިލްޑް ކޮންޓެސްޓަކުން މޯލްޑިވްސް ޕޮލިޓެކްނިކުން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

ޑިސެމްބަރު 16 އިން 20 އަށް ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯގައި ބޭއްވުނު "ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" ގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ޓީމު ރިހި މެޑަލް ހޯދުމުގައި ކާމިޔާބުވެފައިވެއެވެ.

މި މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ. ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވުނު މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކުވައިދީފައިވެއެވެ. މިއީ މިފަދަ މުބާރާތެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ނަންމަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މި ކާމިޔާބީ ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ. އަދި މިއީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެކެވެ.

މި ޓީމުގެ ކާމިޔާބީން، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދަރިވަރުން ބާރުވެރިކުރުވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުހިންމު ދައުރު ފާހަގަކުރެވެއެވެ. މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *