ބާސްކެޓްބޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ދެ ތަށި ޣިޔާޘުއްދީނަށް

15 އަހަރުން ދަށް ފިރިހެން އަދި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޣިޔާޘުއްދީނަށް

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޣާޒީ ސްކޫލަށް، 13 އހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ފިންލޭންޑް ސްކޫލަށް

ބާސްކެޓްބޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ ދެ ތަށި ޣިޔާޘުއްދީން ސްކޫލުން ހޯދައިފިއެވެ.

އެ ސްކޫލުން ހޯދީ 15 އަހަރުން ދަށް ފިރިހެން އަދި 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަމެވެ. 15 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި އެ ސްކޫލުން ކުޅުނީ ބިލަބޮންގ ސްކޫލާ ދެކޮޅަށެވެ. 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ 43-45 ގެ ތަފާތަކުންނެވެ. 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޣާޒީ ސްކޫލާ ވާދަކޮށް 25-27ގެ ތަފާތަކުންނެވެ.

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަނުންނަކީ ޣާޒީ ސްކޫލެވެ. ފައިނަލުގައި ޣިޔާޘުއްދީނާ ވާދަކޮށް އެ ސްކޫލުން ތަށި ގެންދިޔައީ 28-32 ގެ ތަފާތަކުން މޮޅުވެގެންނެވެ. 13 އަހަރުން ދަށުގެ ފިރިގެން ޗެމްޕިއަނުންނަކީ ފިންލޭންޑް ސްކޫލެވެ. ފައިނަލުގައި ފިންލޭންޑް ކުޅުނީ އިސްކަންދަރު ސްކޫލާއެވެ. ނަތީޖާއަކީ 30-32 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *