އެމްއޭސީއެލްގެ މެރިޓް އެވޯޑް ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރަކަށް

އެމްއޭސީއެލްގެ މެރިޓް އެވޯޑް ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރަކަށް މިއަދު ހަވާލުކޮށްފިއެވެ.

ސީއެޗްއެސްއީގެ ގުރޭޑް 11ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ޓާމުގައި އެންމެ މޮޅު ހަތަރު ދަރިވަރަކަށް ދޭ މި އެވޯޑް މި އަހަރު ލިބުނީ:

  • ޔަޝާ ޝާފީ ޝަފީޤު
  • އަހުމަދު ރާއިފް ނަސީމް
  • ނިޝްރާ ވަހީދު
  • އަލީ މާއިޒް

މިއަދުގެ ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ  އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މެރިޓް އެވޯޑް ލިބޭ ކޮންމެ ދަރިވަރަކަށް އެއް އަހަރު ދުވަހަށް، މަހަކު ދެ ހާސް ރުފިޔާގެ އެލަވަންސަކާއި، ލެޕްޓޮޕަކާއި ޑާޓާ ޕެކޭޖެއް އެމްއޭސީއެލްއިން ދެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް އެމްއޭސީއެލްއިން ފަހިކޮށް ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *