ދިވެހިރާއްޖެއިން އެއީ ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ކޮންމެ ޤައުމަކުން ވެސް ކިޔެވޭނެ ގޮތަށް ހައި އެޗީވަރސް ސްކޮލަރޝިޕްގެ އުޞޫލަށް ބަދަލު ގެނެސް ޢަމަލު ކުރަން ފަށައިފިއެވެ.
10 ޑިސެމްބަރު 2019ން ފެށިގެން ޢަމަލުކުރަމުން އައި އުޞޫލުގައިވާ ގޮތުން، ހައި އެޗީވަރސް ސްކޮލަރޝިޕް ދެނީ، މިނިސްޓްރީން އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅައި އިއުލާން ކުރާ ލިސްޓްގައި ހިމެނޭ ޤައުމުތަކާއި އޯއީސީޑީ ޤައުމުތަކުން ކިޔެވުމަށެވެ. އެނޫން ޤައުމެއްގައި ކިޔަވަން ބޭނުންނަމަ ފުރުޞަތު ދެނީ ޚިޔާރު ކުރި ކޯހަށް ކުރަން ޖެހޭ ޚަރަރު އޯއީސީޑީގެ ޤައުމެއް ނުވަތަ މިނިސްޓްރީން ކަނޑައަޅާފައިވާ ޤައުމުތަކުގައި ކިޔަވަން ދާ ޚަރަދަށްވުރެ އަގުހެޔޮވާ ނަމައެވެ. ކުރަން ޖެހޭ ޚަރަދެއް އިތުރުވާނަމަ އެ ޚަރަދެއް ކުރަން ޖެހޭނީ އަމިއްލައަށެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕް ދެނީ ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތ ސާނަވ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން، ސްކޫލްތަކާއި މަދަރުސާތަކުގައި ދަރިވަރަށް ކިޔަވައިދީފައިވާ އޭލެވެލްގެ ނުވަތަ އޭލެވެލްއާ އެއްފެންވަރުގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ "ދިވެހި" މާއްދާއާއި "އިސްލާމް" މާއްދާއިން "އޭ" ފާސް ހާސިލުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން ޝަހާދާ ޘާނަވިއްޔާ ސަނަދުން ހުރިހާ މާއްދާއެއްގެ ފައިނަލް އެވްރެޖުގައި "އޭ" ފާހެއް ލިބިފައިވުމެވެ. މީގެ އިތުރުން އެޗްއެސްސީގެ "ދިވެހި" މި މާއްދާއިން "އޭ" ފާސް ހާސިލުކުރާ ދަރިވަރުންނަށެވެ. އަދި އޯލެވެލް ނުވަތަ އޯލެވެލްއާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތ ފެންވަރެއްގެ އިމްތިޙާނަކުން "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ " ފާސް ލިބިފައިވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
ހައިއެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ދެނީ، އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރާ ބެޗްލަރސް ޑިގްރ ޕުރޮގުރާމް ތަކަށެވެ. އަދި ކިޔެވުމާއި އަދި އިންޓަރންޝިޕް ހިމެނޭ ގޮތަށް ހަ އަހަރަށްވުރެ ދިގުނުވާ ގޮތަށް ހިންގާ "ބެޗްލަރ އޮފް މެޑިސިން" އާއި، "ބެޗްލަރ އޮފް ސާރޖަރ )އެމްބީބީއެސް)" އާއި "ބެޗްލަރ އޮފް ޑެންޓަލް ސާރޖަރ " ބީޑީއެސް" ގެ ޕްރޮގުރާމުތަކާއި ތިން އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހިންގާ ޕްރޮފެޝަނަލް ލައިސެންސް ޕުރޮގުރާމުތަކަށެވެ. އަދި ފުރަތަމަ ޑިގްރ އަކާ ނުލައި ސީދާ އެންޓްރ ލިބޭ ހަތަރު އަހަރަށްވުރެ ދިގުނޫން މާސްޓަރސް ޑިގްރީ ޕުރޮގުރާމުތަކަށެވެ.
މި އުސޫލުގެ ދަށުން ސްކޮލަރޝިޕްގެ ފުރުޞަތު ދެނީ، ދިވެހިރާއްޖޭގެ ކުރިމަގުގެ ތަރައްޤ އަށް ރިއާޔަތްކޮށް މިނިސްޓްރ ގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ދާއިރާތަކުންނެވެ.
މި ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން، ރާއްޖެއިން ބޭރުގައި ތަމްރ ނުދެވޭ ފަރާތެއް ނަމަ ، އަދި އެ ކޯހުގެ މުއްދަތަކ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަމަ ދިވެހި ސަރުކާރަށް 5 އަހަރު ޚީދުމަތް ކުރަން ޖެހެއެވެ. ރާއްޖެއިން ބޭރުގައި ތަމްރ ނުދެވޭ ފަރާތެއް ނަމަ ، އަދި އެ ކޯހުގެ މުއްދަތު ހަތަރު އަހަރުދުވަހަށްވުރެ ދިގު މުއްދަތެއް ނަމަ ހަތް އަހަރު ދުވަހު ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. ރާއްޖޭގައި ތަމްރ ނުދެވޭ ފަރާތެއް ނަމަ އަދި އެ ކޯހުގެ މުއްދަތަކ 18 މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ނަމަ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރަން ޖެހެއެވެ.


advertisment
ހިޔާލު