"އެމްޖެޓް"ގެ ނަމުގައި އިންޖިނިއަރިންގ އާއި ޓެކްނޮލޮޖީއަށް ޚާއްޞަ ޖާނަލްއެއް އެމްއެންޔޫއިން ތައާރަފުކޮށްފި

"އެމްޖެޓް"ގެ ނަމުގައި އިންޖިނިއަރިން އާއި ޓެކްނޮލޮޖީއަށް ޚާއްޞަ ޖާނަލްއެއް ދިވެހިރާއްޖޭގެ ޤައުމީ އެމްއެންޔޫއިން ތައާރަފުކޮށްފިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖާނަލް އިފްތިތާޙުކޮށް ދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގް އިބްރާހިމެވެ. "އެމްޖެޓް" ޖާނަލްގެ ފުރަތަމަ އަދަދު އިއްޔެ ވަނީ ނެރެފައެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، "އެމްޖެޓް" ވެގެން ދާނީ އިންޖިނިއަރިންއާއި ކޮމްޕިއުޓަރ ސައިންސާއި އައިޓީ އަދި ބަޔޯޓެކްނޮލޮޖީއާ ގުޅުންހުރި މުހިންމު ދާއިރާތަކުން މަތީ ފެންވަރުގެ ދިރާސާތައް ޝާއިއުކުރާނެ ޚައްޞަ ޕްލެޓްފޯމަކަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝާތު ޝެހެނާޒު ވިދާޅުވީ، "އެމްޖެޓް" ޖާނަލް ފަރުމާކޮށްފައި ވަނީ އެކަޑަމިކް ދިރާސާތަކާއި އަމަލީ ހައްލުތަކާ ދެމެދު ގުޅުން ގާއިމުކޮށް އިންޖިނިއަރިންގައި ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކާ ގުޅޭގޮތުން ޤައުމީ އަދި ބައިނަލްއަގްވާމީ މުއާމަލާތްތައް އިތުރުވެގެންދާނެ ގޮތަށް ކަމަށެވެ. އަދި މި ޖާނަލްގެ ސަބަބުން ޤައުމުގެ ތައުލީމީ އަދި ދިރާސާތަކުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"[އެމްޖެޓް ޖާނަލް] ވެގެން ދާނީ އެންމެ ފަހުގެ ދިރާސާތަކާއި އުފެއްދުންތެރި ހިޔާލުތައް ފެތުރުމަށް އެހީތެރިވެދޭނޭ އަދި ދުނިޔޭގެ ކުރިއެރުންތައް ހިއްސާ ކުރާނެ އެއްޗަކަށް" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، އެމްއެންޔޫގެ ދިރާސާތައް ކުރިއެރުވުމާއި އަޅުގަނޑުމެންގެ މުޖުތަމައުގެ އިގުތިސާދީ ކުރިއެރުމަށް އެމްޖެޓްގެ އަކީ ފެންވަރު ރަނގަޅު ނަމޫނާއަކަށްވެ، އިންޖިނިއަރިން އާއި ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ގެނުވައިދޭ ބާރަކަށް ވެގެންދާނެ ކަމަށެވެ. އޭނާ ވަނީ ޖާނަލް ދިރުވައި އުފަންކުރުމަށް ކުރެއްވި ހިތްވަރާއި ބުރަ މަސައްކަތަށްޓަކައި އެޑިޓޯރިއަލް ޓީމަށް ޝުކުރެއް ވެސް ދަންނަވާފައެވެ. އަދި އެ ޖާނަލްއަށް އެހީތެރިވުމަށް އެނާ ވަނީ އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *