ލާމަސީލުލާމު ހައްދުންމަތީ އެވޯޑް އެ އަތޮޅު ތިން ސްކޫލަކަށް ލިބިއްޖެއެވެ. ލާމަސީލުލާމު ހައްދުންމަތީ އެވޯޑް ތިން ސްކޫލަށް ލިބުނީ ޖީސީއީ އޯލެވެލްއާއި އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުތަކުން ހޯދި ނަތީޖާ ތަކަށް ބަލައެވެ.
އައްޝައިޙް ޙަސަން ތާޖުއްދީން އެވޯޑް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށް ލިބުނީ، 2022-2023 ވަނަ އަހަރު ޖީސީއީ އޯލެވެލް އާއި އައިޖީސީއެސްސީގެ އިތުރުން އެސްއެސްސީ އިމްތިޙާނު ތަކުގައި ބައިވެރިވެ 5 މާއްދާއިން ފާސްވި ނިސްބަތް 65 އިންސައްތަ އިން ފެށިގެން މަތީ ކުރިއެރުމެއް ހޯދާފައިޥާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީ ކުރިއެރުމެއް ހޯދާފައިވާތީއެވެ.

އަލްޚަތީބު މުޙައްމަދު ސިރާޖުއްދީން އެވޯޑް ލ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ، ޖީސީއީ އޯލެވެލް އާއި އައިޖީސީއެސްސީގެ އިތުރުން އެސްއެސްސީ އިމްތިޙާނު ތަކުގައި ބައިވެރިވެ މިނިސްޓްރީ އޮފް އެޑީޔުކޭޝަނުން ކަނޑައަޅާފައިވާ މަތީ ސާނަވިއަށް ކިޔެވޭ މިންގަނޑަށް ފަސްކޮށްދީފައިވާ ސްކޫލްތަކަށް ދެވޭ އެވޯޑެވެ. އެ ސްކޫލަށް ލިބުނީ މި ކެޓަގަރީން ދެވަނައެވެ.

އައްޝައިޙް އެދުރު އުމަރު މާފަތް ކަލޭގެފާނު އެވޯޑް ލ. އިސްދޫ ސްކޫލަށް ލިބުނީ، ޖީސީއީ އޯލެވެލް އާއި އައިޖީސީއެސްސީގެ އިތުރުން އެސްއެސްސީ އިމްތިޙާނު ތަކުގައި ބައިވެރިވެ ފާއިތުވި އަހަރު ހޯދި ނަތީޖާއަށްވުރެ 10 އިންސައްތައިން ފެށިގެން މަތީ ކުރިއެރުމެއް ހޯދާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީ ކުރިއެރުމެއް ހޯދުމުންނެވެ. އެ ސްކޫލަށް ލިބުނީ މި އެވޯޑްގެ ކެޓަގަރީން ތިންވަނައެވެ.
advertisment
ހިޔާލު