ކޮންމެ ދިރާސީ އަހަރެއްގެ ތެރޭގައި ގުރޭޑް 9 އާއި 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްޓަޑީ ކޭމްޕުތަކެއް ތ. ކަނޑޫދޫ ސްކޫލުން ބާއްވައެވެ. ސްޓަޑީ ކޭމްޕްތަކުން ދަރިވަރުންނަށް ދަސްވެރި އެއްޗެއްގެ ބޭނުން ހިފުމަށްޓަކައި ކުރީ އަހަރުތަކާ ޚިލާފަށް މި އަހަރު އެ ސްކޫލުން ވަނީ " ޓީޗް އެންޑް ތްރައިވް" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
ދަރިވަރުން ގްރޭޑް 10 ގެ އެކި އެކި މާއްދާތައް ޚިޔާރުކޮށް އެ މާއްދާ ތަކުން ޓައިމްޓޭބަލް އާއި އެއްގޮތަށް މާއްދާއަށް ލެސަން އަށް ތައްޔާރުވެ ކުލާސް ނަގައި ދިފައިވަނީ ދަރިވަރުން އަމިއްލަ އަށެވެ. "ޓީޗް އެންޑް ތްރައިވް" ޕޮރޮގްރާމު ކުރިއަށް ގެންދިޔައީ ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ލިބޭ ގޮތަށެވެ. ކުލާސް ނަގައި ދޭ ވަގުތު ޓީޗަރުން ދަރިވަރުންގެ ކިޔަވައިދިނުން އޮބްޒަރވް ކުރުމަށްފަހު، ފީޑްބެކް ޓީޗަރުން ދީފައިވެއެވެ.

ކަނޑޫދޫ ސްކޫލުން ބުނި ގޮތުގައި، "ޓީޗް އެންޑް ތްރައިވް"ގެ ބޭނުމަކީ، ރިއިންފޯސްޑް ލާރނިންގ އަކަށް ދަރިވަރުން ގެންދިއުމެވެ. ދަރިވަރުން އެހެން މީހުންނަށް ކިޔަވައިދޭއިރު، އެ މާއްދާއަށް ފުންކޮށް އަލުން ބަލަން ޖެހޭއިރު، މިއީ އަމިއްލައަށް ވިސްނުމާއި ކޮންޓެންޓް ދަރިވަރުންނަށް ދަސްކުރަން ފުރުޞަތު ލިބި އެހީތެރިވެދެވޭ ކަމަށެވެ. ހަމަ އެއާއި އެކު ދަރިވަރުންގެ ކްރިޓިކަލް ތިންކިންގ އިތުރަށް ތަރައްގީ ކުރުމަށް ފުރުޞަތު ލިބި އެހެން މީހުންނަށް ކިޔަވައިދިނުމުން ދަރިވަރުންނަށް އުނދަގޫ ކޮންސެޕްޓްތައް ފަސޭހަކުރުމަށް ތަފާތު ގޮތްތައް ހޯދުމަށްޓަކައި ކްރިޓިކަލް އަދި ކްރިއޭޓިވްކޮށް ވިސްނުމަށް މަޖުބޫރު ވެގެންދެއެވެ.
" މި ޕްރޮގްރާމުގެ ސަބަބުން، ދަރިވަރިން އެކުދިންގެ ކިޔެވުމުގައި ޒިންމާދާރުކަމުގެ އިޙްސާސް އެއް ކުރުވައި އެކުދިންނަނީ ވެސް ބަލައިގަންނަ ކުދި ބަޔަކު ކަމުގައި ގަބޫލު ކުރެވި އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދޭ. ދަރިވަރުން އެކުވެރިންނަށް ކިޔަވައިދެމުންދާއިރު ގިނަ ފަހަރަށް ލީޑަރޝިޕްގެ ދައުރެއް އަދާކުރަންޖެހޭއިރު، އެ ކަމުގެ ސަބަބުން އަމިއްލަ އުނގެނުމާއި އެހެން މީހުންގެ ކާމިޔާބީއަށް ވެސް ޒިންމާދާރުކަމުގެ އިޙްސާސެއް ކުރުވައި ޖަވާބުދާރީވުން އިތުރުވޭ" ކަނޑޫދޫ ސްކޫލުން ބުންޏެވެ.

ކޭމްޕްގައި ދަރިވަރުން އުނގެނުނު އެއްޗެއްގެ ބޭނުން ހިފައި އެ މައުލޫމާތު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ޕްރޮގަރާމެއްގެ ގޮތުގައި ވެގެން ދިޔަ އެ ޕްރޮގްރާމް ވެގެންދިޔަ ކަމަށާއި އަދި ކިޔަވައި ދިނުމުގެ ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ ކަމަށް ވެސް ކަނޑޫދޫ ސްކޫލުން ބުންޏެވެ.
" ޖުމްލަކޮށް ބަލާއިރު، ސްޓަޑީ ކޭމްޕަކަށްފަހު އެހެން މީހުންނަށް ކިޔަވައިދިނުމަކީ ދަރިވަރަށް ފައިދާހުރި އަގުހުރި އުނގެނުމުގެ ތަޖުރިބާއެއް ކަމުން، ޢިލްމު ހިއްސާކުރުމުގެ ޕްރޮސެސް ޑައިނަމިކް އަދި އެފެކްޓިވް ވެގެންދާނެ" ކަނޑޫދޫ ސްކޫލުން ބުންޏެވެ.
advertisment
ހިޔާލު