ޅެންހެދުމުގެ ޤައުމީ މުބާރާތް: އެއްވަނަ އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީނާއި އަޙްމަދިއްޔާ 

ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުން މަތީ ސާނަވީ ބައިން 1ވަނަ ހޯދީ އިހަވަންދޫ ސްކޫލުގެ ދަރިވަރު ޖުމާނާ ޙަމީދު ޢަލީއެވެ. 2ވަނަ ޖަލާލުއްދީން ސްކޫލުގެ ފާޠިމަތު ލައިސާ ނާޖިހު ހޯދި އިރު 3ވަނަ ހޯދީ އަޙްމަދިއްޔާ އިންޓަނެޝަނަލް ސްކޫލުގެ ނަފްހާ ނަސީމެވެ. ޅެންހެދުމުގެ ސާނަވީ ގިންތިން 1ވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ފާޠިމަތު ސާރާ ނަޛީރެވެ. 2ވަނަ އިންކަންދަރު ސްކޫލުގެ ޢާއިޝަތު ރަނާ މުޙައްމަދު ހޯދި އިރު 3ވަނަ ހޯދީ ވެސް އިސްކަންދަރު ސްކޫލުގެ ޔޫސުފް ޒުޖާޖު އިނާޒްއެވެ. ވާހަކަ ލިޔުމުގެ ދަށު ސާނަވީ ގިންތިން 1ވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ފާޠިމަތު މިޝްކާ ޢަބްދުލް މަޖީދެވެ. 2ވަނަ ށ.އަތޮޅު މަދަރުސާގެ ޢާއިޝަތު އަފްޝާން ޢަބްދުލް ޙަމީދު ހޯދި އިރު، 3ވަނަ ހޯދީ ކުޑަފަރީ ސްކޫލުގެ ޝައްމާ މުޙައްމަދު ސަލީމެވެ. ޅެން ހެދުމުގެ އަމިއްލަބައިގެ 18 އަހަރުން ދަށުގެ ގިންތިން 2ވަނަ ހޯދީ ބ. ތުޅާދޫ ގުލްޒާރުގެ، ޝާޔަން ޢަބްދުﷲ ޢާމިރެވެ. 3ވަނަ ހޯދީ މ. ސަމޭދާން، ޙައްވާ ޒާއިން ޒަމީލެވެ. ޅެން ހެދުމުގެ އަމިއްލަބައިގެ 18 އަހަރުން މަތީގެ ގިންތިން 1ވަނަ ހޯދީ ށ.ޅައިމަގު، ޢަލީ ނައުފަލްއެވެ. 2ވަނަ ރ.އަލިފުށި، ޕްލާޒް ފާޠިމަތު އަސްފާ ހޯދި އިރު 3ވަނަ ހޯދީ ވ.ތިނަދޫ، ޔުނީކް، ފާޠިމަތު ޢަބްދުއްސައްތާރެވެ.

ޅެންހެދުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 1ވަނަ ހޯދާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. މި ބައިގެ ސާނަވި ގިންތިން 1ވަނަ ޖަމާލުއްދީން ސްކޫލުން ހޯދި އިރު މަތީ ސާނަވީ ގިންތިން 1ވަނަ ހޯދީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ޅެން ހެދުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 2 ވަނަ ސްކޫލަކަށް ހޮވުނީ ވިލުފުށީ ސްކޫލެވެ. ސާނަވީ ގިންތިން 2ވަނަ ހުރަވީ ސްކޫލުން ހޯދި އިރު މަތީ ސާނަވީ ގިންތިން 2ވަނަ ހޯދީ ހދ. ކުޅުދުއްފުށި، ޖަލާލުއްދީން ސްކޫލެވެ. ޅެންހެދުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 3ވަނަ  ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ސާނަވީގިންތިން 3ވަނަ ސްކޫލަކަށް ކަލާފާނު ސްކޫލު ހޮވުނު އިރު މަތީ ސާނަވީ ގިންތިން 3ވަނަ  ސްކޫލަކަށް ހޮވުނީ އިހަވަންދޫ ސްކޫލެވެ.

މި އަހަރުގެ އަދަބީ އެކި މުބާރާތްތަކުގައި 100އަށް ވުރެ ގިނަ ސްކޫލުން ބައވެރިވެފައިވާ އިރު 2000ށް ވުރެ ގިނަ ދަރިވަރުން މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *