ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް: އެއްވަނަ ޖަމާލުއްދީނާއި އަރަބިއްޔާއަށް

ރޭ ނަތީޖާ ފާޅުކުރެވުނު ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުން މަތީ ސާނަވީ ގިންތިން 1ވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު ސާއިބް މުޙައްމަދު ޛަހީނެވެ. 2ވަނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ރައީފާ ޢަބްދުއްރައޫފް ހޯދި އިރު 3ވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ ޙަނާން އިލްޔާސްއެވެ. ކުރުވާހަކަ ލިޔުމުގެ ސާނަވީ ގިންތިން 1ވަނަ ހޯދީ ށ.ފުނަދޫ ސްކޫލުގެ ފާޠިމަތު ޔަޝްމީ ފާއިޒެވެ. 2ވަނަ ޖަމާލުއްދީން ސްކޫލުގެ ޝަރީފަތު މާހިން މުޙައްމަދު ހޯދި އިރު 3ވަނަ ހޯދީ ޣާޒީ ސްކޫލުގެ ފާޠިމަތު ސާޝާ ފަރުޙަތެވެ. ވާހަކަ ލިޔުމުގެ ދަށު ސާނަވީ ގިންތިން 1ވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ފާޠިމަތު އަޒްކާ ޢަބްދުﷲއެވެ. 2ވަނަ ރެހެންދި ސްކޫލުގެ ސާރާ ބިންތި ޝަފީޢު ތައުފީޤު ހޯދި އިރު 3ވަނަ ހޯދީ ތުޅާދޫ ސްކޫލުގެ ޒާރާ ޢަބްދުލް ޢަޡީމްއެވެ. ކުރުވާހަކަ ލިޔުމުގެ އަމިއްލަ ބައިގެ 18 އަހަރުން ދަށުގެ އުމުރުފުރާއިން 1ވަނަ ހޯދީ ބ.ތުޅާދޫ ގުލްޒާރުގެ ޝާޔަން ޢަބްދުﷲ ޢާމިރެވެ. 2ވަނަ ހ.ސަމޭދާން، ޙައްވާ ޒާއިން ޒަމީލް ހޯދި އިރު 3ވަނަ ހޯދީ ށ. މަގޫދޫ އެލްޕާސޯ މަރްޔަމް އިނާޝް ޢަޤީލްއެވެ. ކުރުވާހަކަ ލިޔުމުގެ އަމިއްލަ ބައިގެ 18 އަހަރުން މަތީގެ އުމުރުފުރާއިން 1ވަނަ ހޯދީ ނ.ޅޮހީ، ރަތްވިލާގެ ރަމްޒީނާ މުޙައްމަދެވެ. 2ވަނަ ތ.ހިރިލަންދޫ، އާކާޝް ޢަބްދުﷲ ޛައިދު ހޯދި އިރު 3ވަނަ ހޯދީ ހއ. އުތީމު، ވިނަރެސް މަރްޔަމް ޢުލްޔާއެވެ.

ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 1ވަނަ ޖަމާލުއްދީން ސްކޫލުން ހޯދި އިރު ސާނަވީ ގިންތިން 1ވަނަ ހޯދީ ވެސް ޖަމާލުއްދީން ސްކޫލެވެ. މަތީ ސާނަވީ ގިންތިން 1ވަނަ ހޯދީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލަމިއްޔާއެވެ. ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 2ވަނަ  ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. މި ބައިގެ ސާނަވީ ގިންތިން 2ވަނަ ސްކޫލަކަށް ޣާޒީ ސްކޫލް ހޮވުނު އިރު މަތީ ސާނަވީ ގިންތިން 2ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ކުރުވާހަކަ ލިޔުމުން ދަށު ސާނަވީ ގިންތި، 3 ވަނަ ސްކޫލަކަށް ހޮވުނީ ދ. ކުޑަހުވަދޫ، ދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ސާނަވީ ގިންތިން 3 ވަނަ ސްކޫލަކަށް ތުޅާދޫ ސްކޫލް ހޮވުނު އިރު މަތީ ސާނަވީ ގިންތިން 3 ވަނަ ސްކޫލަކަށް ހޮވުނީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ.

މި އަހަރުގެ އަދަބީ އެކި މުބާރާތްތަކުގައި 100އަށް ވުރެ ގިނަ ސްކޫލުން ބައވެރިވެފައިވާ އިރު 2000ށް ވުރެ ގިނަ ދަރިވަރުން މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *