ދިވެހި ބަހުގެ އެކަޑެމީން ބާއްވަމުން އަންނަ އަދަބީ މުބާރާތްތަކުގެ ދެ ޢުމުރުފުރާއަކުން ދެ ތަށްޓެއް ޖަމާލުއްދީން ސްކޫލުން މިލްކުކޮށްފިއެވެ.
ޖަމާލުއްދީން ސްކޫލުން މިލްކުކޮށްފައިވަނީ މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ ސާނަވީ ގިންތީގެ ތަށްޓާއި ޅެންހެދުމުގެ ގައުމީ މުބާރާތުގެ ސާނަވީ ގިންތީގެ ތަށްޓެވެ. އެ ސްކޫލުންވަނީ 2024 ވަނަ އަހަރާއި 2023ވަނަ އަހަރާއި އަދި 2022ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުންނާއި ޅެންހެދުމުގެ ގައުމީ މުބާރާތުން ސާނަވީ ގިންތީގެ ތަށި ޖެހިޖެހިގެން 3ފަހަރު ހާސިލުކޮށްފައެވެ. ރޭގެ ޖަލްސާގައި މި ދެ ތަށި ޖަމާލުއްދީން ސްކޫލުން މިލްކުކޮށްފައިވާކަން އިޢުލާންކުރެވިގެން ދިޔައެވެ.

ރޭ ތާޖުއްދީން ސްކޫލު ހޯލުގައި ނަތީޖާ ފާޅުކުރެވުނު އަދަބީ މުބާރާތްތަކުގެ ތެރެއިން 4 ތަށްޓެއް ޖަމާލުއްދީން ސްކޫލުން ހޯދާފައިވެއެވެ. އެއީ މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގެ ސާނަވީ ގިންތިން 1ވަނައާއި ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުން ދަށު ސާނަވީ ގިންތިން 1ވަނައާއި ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތުން ސާނަވީ ގިންތިން 1ވަނައާއި ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތުން ސާނަވީ ގިންތިން 1ވަނައެވެ. މީގެ އިތުރުން ޅެންހެދުމުގެ ގައުމީ މުބާރާތުން ދަށު ސާނަވީ ބައިން 3 ވަނަ ހޯދީ ވެސް ޖަމާލުއްދީން ސްކޫލެވެ.

މި ފަހަކަށް އައިސް ޖާމާލުއްދީން ސްކޫލުން އަންނަނީ އަދަބީ އެކި މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
advertisment
ހިޔާލު