މެނޭޖްމަންޓް އެންޑް ލިޑަރޝިޕް ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު އައިޔޫއެމްއިން ހުޅުވާލައިފި

މެނޭޖްމަންޓް އެންޑް ލީޑަރޝިޕް ދާއިރާއިން ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވައިދޭ ފުރަތަމަ ޕްރޮގްރާމް އިސްލާމިކް ޔުނިވަރސިޓީން ލޯންޗްކޮށްފިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައެވެ.

މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު، ޑރ. އަލީ ޒާހިރު ވިދާޅުވީ، އެ ޔުނިވަރސިޓީގައި ފަށާ ޕީއެޗްޑީގެ ޕްރޮގްރާމަކީ އެއީ ރާއްޖޭގެ ދަރިވަރުންނަށް ޚާއްޞަ ޕްރޮގްރާމެއް ނޫން ކަމަށާއި ބޭރުގެ ދަރިވަރުންނަށް ވެސް އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައި އޮތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ކުންފުނިތަކުގެ މެނޭޖިންގ ޑައިރެކްޓަރުންނާ ބައްދަލުވާ ފަހަރު އެ ޕްރޮގްރާމުގެ ވާހަކަ ދައްކާލެވޭ ކަމަށާއި އެ ބޭފުޅުންގެ ޝައުޤުވެރިކަން އެ ޕްރޮގްރާމަށް އެބައޮތް ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ، އެއްޗަކަށް އެއްޗެއް ހަދާގޮތަކަށް ޕީއެޗްޑީގެ އެ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކޮލިޓީ ހިފެހެއްޓޭ ގޮތަށް ކޮލިފިކޭޝަން ޔަގީން ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކުގައި ކަމަށެވެ.

" ބޭރުގެ އެކްސްޕާޓުންގެ އެހީ ބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑުމެން ހޯދާނަން" އަލަށް ފަށާ މެނޭޖްމަންޓް އެންޑް ލިޑަރޝިޕް ޕީއެޗްޑީ ޕްރޮގްރާމުގެ ފެންވަރު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޑރ، އަލީ ޒާހިރު ވިދާޅުވިއެވެ.

ތިން އަހަރުގެ މެނޭޖްމަންޓް އެންޑް ލީޑަރޝިޕް ޕީއެޗްޑީ ޕްރޮގްރާމް ކުރިއަށް ގެންދަނީ ފޭސްޓް ފޭސްކޮށާއި އޮންނައިންކޮށެވެ. އެ ޕްރޮގްރާމުގައި ބައިވެރި ވުމުގެ ޝަރުޠަކީ މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ދާއިރާއިން ނުވަތަ ވިޔަފާރިއާ ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލް ކޮށްފައި ވުމާއި ބެޗްލާސް ނޫނީ އިނގިރޭސި މީޑިއަމުން ޕޯސްޓްގުރެޖުއޭޓް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ.

މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމުގެ ޖުމްލަ ޚަރަދަކަށް އައިޔޫއެމް އިން ކަނޑައަޅާފައި ވަނީ 118،725 ރުފިޔާއެވެ.

އައިޔޫއެމްއިން ދަނީ ޕީއެޗްޑީ ފެންފަރުގެ އިތުރު ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *