އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން، ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން އިސްލާމިކް މިނިސްޓްރީ ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ނޫރުލް އަޛާން 1446″ ގެ ނަމުގައި އެ މުބާރާތް އިންތިޒާމް ކުރަނީ އެ މިނިސްޓްރީގެ މޮސްކް ސެކްޝަނުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، އެ މުބާރާތް ބާއްވަނީ މާލެސިޓީގައި ފިޒިކަލްކޮށް ކަމަށާއި އެ މުބާރާތް ބާއްވާ އުމުރުފުރައިގެ ކުދިން އެކަމަށް ޚާއްޞަ ފޯމް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 14:00ގެ ކުރިން ފުރިހަމަކޮށް ހުށައެޅުމަށެވެ.
advertisment
ހިޔާލު