ކުޅުދުއްފުށީގެ ތިން ސްކޫލަށް ޤުރުއާން ކޯޗިން ޕްރޮގްރާމް ހިންގައިދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ގެ ތިން ސްކޫލަށް ޤުރުއާން ކޯޗިން ޕްރޮގްރާމް ހިންގައިދޭނެ ބަޔަކު ހޯދަން ކުޅުދުއްފުށީ ސިޓީކައުންސިލުން އިއުލާން ކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފައެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ޤުރުއާން ކޯޗިން ޕްރޮގްރާމް ހިންގައިދޭން ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 10:30 ގެ ކުރިން ރަޖިސްޓްރީކޮށް، 15 ޑިސެމްބަރުގެ 10:30އަށް އަންދާސީ ހިސާބު ހުށައަޅަން ޖެހެއެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ، ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބު ކަމަށާއި އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *