މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔަވަން ސްކޮލަރޝިޕްތަކެއް

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔަވަން ސްކޮލަރޝިޕްތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

މިއީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން އޭޝިއާގެ ޤައުމެއްގައި ކިޔަވަން ދޭ ސްކޮލަރޝިޕްތަކެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔަވަން ތިން ފުރުޞަތު ދެއެވެ. އޭގެ ތެރެއިން ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ދާއިރާއިން ކިޔަވަން ދެނީ ދެ ފުރުސަތެވެ. ދެން އޮތް ފުރުޞަތަކީ އެކުއަކަލްޗަރގެ ދާއިރާއިން ކިޔެވަން ދޭ ސްކޮލަރޝިޕެކެވެ.

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ސްކޮލަރޝިޕްގެ ޝަރުޠުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމެވެ.

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

  • ކޯސް ފީ
  • ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)
  • އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)
  • ޑިޕާރޗަރ އެލަވަންސް (އެއްފަހަރު)
  • ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް)

މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަންނަ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ލިޔެކިޔުންތައް ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *