އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 12ޖީގެ ދަރިވަރު ޝުޢާޢު އިސްމާޢީލް ޝާން ހޮވައިފިއެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވީ އަޙްމަދު ރައްޔާން މުޙައްމަދު އަނީސް އާއި ޢާއިޝަތު އިޝްފާއު އިސްޙާޤެވެ.
ޝުޢާޢު ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 5 ދަރިވަރުންނާ ވާދަކޮށް 64.1 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ޑެޕިއުޓީ ކެޕްޓަން ކަމަށް ހޮވުނީ ދެވަނަ އާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ދަރިވަރުންނެވެ.
ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނު ރައްޔާނަށް 56.9 އިންސައްތަ ލިބިފައިވާއިރު، ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނު އިޝްފާއަށް 45.2 އިންސައްތަ ޕޮއިންޓް ލިބުނެވެ.
އަޙްމަދިއްޔާގެ މަތީ ސާނަވީގެ މުހިންމު މަޤާމްތައް:
- ގޭމްސް ކެޕްޓަނުން: މުޙައްމަދު ޖޫދް ޢަބްދުﷲ ޢާއިޝަތު ލީމް ޢަބްދުލް މަޖީދެވެ.
- ޗާނދަނީ ހައުސްގެ ކެޕްޓަން: މުޙައްމަދު އަލްސަން އަޙްމަދު ނަޖާޙް
- ހުވަނދުމާ ހައުސްގެ ކެޕްޓަން ކަމަށް އާލާ ޢަބްދުﷲ ނަސީރު
- ޖަނަވަރީ ހައުސްގެ ކެޕްޓަން ކަމަށް މުޙައްމަދު ރަޝާން ރިޝްވާން
- ކާމިނީ ހައުސްގެ ކެޕްޓަން ކަމަށް ޢާއިޝަތު ޝަދާ ޢަބްދުލް ސަމަދު
- ޤުރުއާން ކްލަބުގެ ރައީސް: ޢާއިޝަތު ޔޫން މިނާމް
- ސައިންސް ކްލަބުގެ ރައީސާ: އާމިނަތު ރާނިޔާ ޢަބްދުލް މުއްޠަލިބް
- ބިޒްނަސް ކްލަބުގެ ރައީސް: އަމީރާ މުޙައްމަދު
- އެންވަޔަރަމެންޓް ކްލަބުގެ ރައީސް: އާނާ ޢަބްދުﷲ ޒަކީ
- ހިއުމަން ރައިޓްސް ކްލަބުގެ ރައީސް: އާމިނަތު އަލްޔާ ނަވީން
- އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ)ގެ ރައީސް: މުޙައްމަދު މައުސިލް އަޙްމަދު ޤާލިބް
- "ހިޔާ"ގެ ރައީސް: އާމިނަތު މަޝަކް ވަޙީދު
- މީޑިއާ ކްލަބުގެ ރައީސް: ޖައުފަރު ސިއްދީޤް އަޙްމަދު
- އަޙްމަދިއްޔާގެ މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލްގެ އިންތިޚާބު ބާއްވާފައި ވަނީ މި މަހުގެ 5ވީ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބުގައި ތަފާތު 17 މަގާމަކަށް 33 ދަރިވަރުން ވާދަކޮށްފައިވެއެވެ.
ހިޔާލު