ފުރަތަމަ ބުރުގައި އައިޔޫއެމްގެ ރިސަރޗް އެހީ ތިން ފަރާތަކަށް ދީ، ދެވަނަ ބުރަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ރިސަރޗް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ތިން ފަރާތަކަށް މާލީ އެހީ ދީފިއެވެ. އަދި ރިސަރޗް ކުރުމުގެ މާލީއަށް ހުށައެޅުމުގެ ދެވަނަ ބުރަށް މިއަދު ވަނީ ހުޅުވާލާފައެވެ.

އޮގަސްޓް 19ގައި ހުޅުވާލި ފުރަތަމަ ބުރުގައި ރިސަރޗް ކުރުމަށް މާލީ އެހީ ދިނީ، އެހީއަށް އެދި ހުށައެޅި ހަ ފަރާތެއްގެ ތެރެއިން ޝޯޓްލިސްޓް ކުރި ހަތަރު ފަރާތުގެ ތެރެއިން ތިން ފަރާތަކަށެވެ. މިއިން ކޮންމެ ފަރާތަކުން ވެސް އެހީއަށް އެދި ޕްރޮފޯސަލް ހުށައަޅާފައި ވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެގެންނެވެ. ރިސަރޗް ކުރަން އެ ޔުނިވަރސިޓީން ފުރަތަމަ ބުރަށް ކަނޑައަޅާފައި ވަނީ 300،000 ރުފިޔާއެވެ.

ރިސަރޗް ކުރުމަށް މާލީ އެހީ ލިބުނު ފަރާތްތައް:

  • ޑރ. އައިޝަތު ޝިނާ – ޑރ. ޝިނާގެ އިތުރުން ނަސްރުﷲ އަޙްމަދާއި ޑރ. ޒުބައިރު ހަސަންގެ އިތުރުން މުހައްމަދު ޝަހީމް ބައިވެރިވެވަޑައިގަންނަވައެވެ.
  • ޑރ. މުޙައްމަދު ސޯލިހު – ޑރ. ސޯލިހާއެކު ޑރ. ޒުބައިރު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.
  • މުޙައްމަދު ޝަހީމް- ޑރ. ޝަހީމު ހުށައެޅި ރިސަރޗް ޓީމުގައި އޭނާގެ އިތުން ޑރ. ޒުބައިރު ހަސަން ޑރ. އައިޝަތު ޝިނާ ނަސްރުﷲ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަން،ޑރ. ޝާފިޔާ ވިދާޅުވީ، ރިސަރޗް ކުރަން ހުށައެޅި ދާއިރާތަކަށް ބަލާއިރު ޤައުމީ ލެވެލްއެއްގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންތައްތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ރިސަރޗް ކުރުމަށް މާލީ އެހީ ދިނުމުގެ ދެވަނަ ބުރަށް ކަނޑައަޅާފައި ވަނީ 350،000 ރުފިޔާއެވެ. އައިޔޫއެމްގެ ރިސަރޗް މާލީ އެހީ އޮންނަނީ ތިން ބަޔަކަށް ބަހާލާފައެވެ. އެއީ ރިސަރޗް ޕްރޮމޯޝަން ސްކީމާއި އިނޮވޭޝަންއާއި ޕޯސްޓް ގުރެޖުއޭޓް ދަރިވަރުން އިސަރޗް ކުރުމަށް ދޭ އެހީއެވެ.

ރިސަރޗް ޕްރޮމޯޝަން ސްކީމުގައި މި ފަހަރު ކަނޑައަޅާފައި ވަނީ 200،000 ރުފިޔާއެވެ. މި ސްކީމުގެ ދަށުން ގިނަ ވެގެން އެއް ޕްރޮޖެކްޓަށް ދެނީ 75،000 ރުފިޔާއެވެ.

ދެވަނަ ކެޓަގަރީގެ ގޮތުގައި ހިމެނޭ އިނޮވޭޝަން ސްކީމަށް ކަނޑައަޅާފައި ވަނީ 100،000 ރުފިޔާއެވެ. ހިތްވަރު ދެނީ އާ އުފެއްދުމެއް އޭގެ ތެރެއިން ނެރުމަށް. އެހެންވެ ބޮޑީ.

ޕޯސްޓް ގުރެޖުއޭޓް ދަރިވަރުންނަށް ރިސަރޗް ކުރުމަށް މާލީ އެހީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50،000 ރުފިޔާއެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓަކަށް ގިނަ ވެގެން ދެނީ 25،000 ރުފިޔާއެވެ.

ރިސަޗް ކުރުމަށް މާލީ އެހީއަށް އެދި ހުށައަޅަން ޖެހެނީ މި މަހުގެ 30 ކުރިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *