ތައުލީމާއި ރިސަރޗް ދާއިރާގައި އިނގިރޭސި ވިލާތުގެ ނޯތަމްބްރިއާ އާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރަން އިއްޔެ ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. ނޯތަމްބްރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީ ތަމްސީލްކުރާ ޑައިރެކްޓާ ގްލޯބަލް ޕާޓްނާޝިޕްސްގެ ފަރާތުން ޓޮމް އެލާޑައިސްއެވެ.
އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ދަރިވަރުންނަށާއި، ފެކަލްޓީތަކަށާއި، ދެ ޔުނިވަރސިޓީން ޚިދުމަތްކުރާ ފުޅާ މުޖުތަމަޢުތަކަށް ފައިދާކުރާނެ، ގުޅިގެން ކުރެވޭ ދިރާސާތަކާއި، އެކަޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ބައިވެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހިޔާލު