ކުޑަފަރީ ސްކޫލުގެ ނުވަގަޑި: ދަރިވަރުންގެ އުދާސްތަކަށް ހޯދައިދޭ ލުޔެއް

ދަރިވަރުންގެ އުދާސްތަކާއި އެ ކުދިންނަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެ ކަންތައްތައް ހައްލެއް ހޯދައި ދިނުމަށް ނ. ކުޑަފަރީ ސްކޫލުން ފެށި " ނުވަގަޑި" ސައި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެ ސްކޫލުން ބުނެފިއެވެ.

މީގެ ތިން އަހަރު ކުރިން އެ ސްކޫލުން ފެށި "ނުވަގަޑި"ގެ ސަޔަކީ ޕްރިންސިޕަލާއެކު ދަރިވަރުން ޚިޔާލު ބަދަލުކޮށް ދެ ފަރާތަށް ބޭނުންވާ ކަންތައްތައް ދެނެގަނެ އެ ކަންތައްތަކަށް ހައްލު ހޯދައި ދިނުމަށް ފެށި ޕްރޮގްރާމެކެވެ. މި ބައްދަލުވުންތަކުން ސްކޫލާއި ދަރިވަރާއި އަދި ޕްރިންސިޕަލާ އޮންނަ ގުޅުން ވަރަށް ބޮޑުތަނުން އިތުރުވެގެން ދެއެވެ.

" އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުދިންނާ އޮތްނަ ގާތް ގުޅުން. އެ ގުޅުމުގެ ތެރެއިން ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ ކިޔެވުމުގައާއި އަޚްލާޤަށް އޭގެ ހެޔޮ އަސަރު ކުރުން" ތިން އަހަރުގެ ތަޖުރިބާއަށް އިޝާރާތް ކުރައްވައި ޕްރިންސިޕަލް އަޙްމަދު ހުސައިން ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ، މީގެ ކުރިން "ނުވަގަޑި" ގެ ސައި ބާއްވަމުން އައީ މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ނަމަވެސް މި އަހަރު އެ ސްކޫލުގެ ހުރިހާ ގުރޭޑްތަކުގެ ދަރިވަރުންނަށް އެ ޕްރޮގްރާމް ފުޅާކޮށްފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި އެލްކޭޖީއާއި ޔޫކޭޖީ އާއި ގުރޭޑް 2 އާއި 7 އާއި 8 އަދި 9ގެ ދަރިވަރުންނަށް " ނުވަގަޑި" ގެ ސައި ވަނީ ބާއްވާފައެވެ.

އަޙްމަދު ވިދާޅުވީ، ސްކޫލާއި ސްކޫލުން ބޭރުގައ ދަރިވަރުންނަށް ދިމާވާ ދަތި އުނދަގޫތައް ހައްލު ކުރަން އެ ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ އެ ޕްރޮގްރާމުގެ ތެރެއިން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި ބޭނުންވާ ބަދަލުތައް ގެންނަން ފެށުމުން އެކަން ދަރިވަރުން ވަކިން ފާހަގަ ވެސް ކުރާ ކަމަށެވެ.

" ގޭތެރޭގައި ދިމާވާ އެ ކުދިންނަށް އުނދަގޫވާހެން ހީވާ ކަންތައްތަކާއި ކުލާސްތެރޭގައި ދިމާވާ ކަންތައްތައް ނުސީދާ ގޮތެއްގައި ކިޔައިދޭ. އޭގެ ސަބަބުން ބައެއް ކަންތައްތައް ރާވާ ފިޔަވަޅު އެޅަން ފަސޭހަވޭ" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލް ނުރަސްމީ ގޮތެއްގައި ކުދިންނާ ބައްދަލުކޮށް ވާހަކަ ދެއްކެވުމުން ކުދިންނަށް ވަރަށް ތަފާތު އިހުސާސެއް ކުރެވޭ ކަމަށާއި އޭގެ ސަބަބުން ކިޔެވުމަށް ކުދިންނަށް ހިތްވަރެއް ލިބޭ ކަމަށެވެ.

" ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް ކުރަން ދަރިވަރުންނަށް ދެވޭ ހިތްވަރަކަށް ވަނީ. އެކަން އެނގެނީ ކިޔެވުމަށް ދަރިވަރުން ހޭދަކުރާ ވަގުތު އިތުރުކުރަން އަމިއްލަ އިސްނެގުމަށް ދަރިވަރުން ބުނާކަން" އަޙްމަދު ފާހަގަ ކުރެއްވިއެވެ.

އަޙްމަދު ވިދާޅުވީ، ކުދިންގެ ލެވެލްގައި އެ ކުދިން ފާހަގަ ކުރަނީ މާ ބޮޑެތި ކަންތައްތައް ނޫން ކަމަށެވެ.

" ބައެއް ކުދިން ބޭނުންވެދާނެ ވަކި ކުޅިވަރު މުބާރާތެއްގައި ބައިވެރިވާން. ދަށްވާ މާއްދާތަކަށް އިތުރު ކުލާސްތައް ބާއްވައިދޭން. ކުދިންގެ ބޭނުންތައް އެނގުނީމާ، ސްކޫލަކަށް ވަރަށް ފަސޭހަވާނެ ކަންތައްތައް ހައްލުކޮށްދޭނޭ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *