5 އަހަރުގެ އައިޒް ރައީސްގެ އަރިހުން އެދުނީ ސްކޫލްތަކުގައި މަސައްކަތު ދައްތައިންގެ ދުވަސް ފާހަގަކޮށްދޭން

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވުމުގެ ފުރުޞަތު ލިބުމުން ފަސް އަހަރުގެ އައިޒް ޔޫސުފު އަބްދުﷲ އެދުނީ ސްކޫލްތަކުގައި ދުވަސްތައް ފާހަގަކުރާއިރު މަސައްކަތު ދައްތައިންގެ އަގުވަޒަން ކުރުމަށް ދުވަހެއް ފާހަގަކޮށް ދިނުމަށެވެ. އައިޒްއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ( ބޮޗޭ) ގެ ދަރިފުޅެވެ.

ބޮޗޭ އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، ދައްތަމެންގެ ދުވަސް ފާހަގަ ނުކުރާ ވާހަކަ ދަރިފުޅު ދެއްކީ ނިމިދިޔަ ޓީޗަރުންގެ ދުވަސް ސްކޫލުގައި ފާހަގަ ކުރިދުވަހު ގެއަށްއައި މަގުމަތީގައި ކަމަށެވެ.

" އަޅުގަޑާއި މަތި ކުރުވީ ވަރަށް އާދަޔާއި ހިލާފު ސުވާލެއް. 5 އަހަރުގެ ކުޑަކުއްޖަކުވެސް ދުނިޔަވީ ކަންކަމުގައި ވިސްނާވަރު އިހުސާސްކުރެވި އުފާވިއެވެ. ދަރިފުޅު އުފެއްދި ސުވާލަކީ ”ބައްޕާ ކީއްވެ ދައްތައިންގެ(ސަޕޯޓް ސްޓާފް/މަސައްކަތު ދައްތަ) ދުވަހެއް ސެލެބުރޭޓް ނުކުރަނީ؟ އައިޒް ބޭނުން ދައްތައިންނަށް ޕްރެސެންޓް ދޭން، އެކުދިން ކިހާ ރަގަޅު" ބޮޗޭ ލިޔުއްވާފައިވެއެވެ.

ދަރިފުޅު ކުރި އެ ސުވާލުގެ ޖަވާބުގައި ބޮޗޭ ދެއްވީ ޚިޔާލެކެވެ.

" ދެން ދަރިފުޅަށް ޕްރެޒިޑެންޓާ ބައްދަލްވާ ދުވަހަކު ޕްރެސިޑެންޓަށް ރިކުއެސްޓް ކޮށްލާ"

ކަމަކަށް ވަގުތުޖެހުނީމަ އެކަމެއްވާނެއޭ ބުނާ ބީދައިން، ސްކޫލް ނިމިގެން ގެއަށް ދިޔަވަގުތު ރައީސް، އޮފީސް ނިންމަވާލެއްވުމަށްފަހު ހިންގަވާފައި ގެއަށް ވަޑައި ގަންނަވަނިކޮށް ރައީސްއާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު އައިޒަށް ލިބި އެ ވާހަކަ ރައީސަށް ދެންނެވިއެވެ.

" مَا شَاءَ ٱللَّٰهُ މިތުއްތުކުދިންގެ ހިތުގައި މިދައްތައިންނަށް މިފަދަ ގަދަރެއްދެވިފައި ވާކަން އެގުމުން ނުހަނު އުފާވޭ. ހުރިހާ ދައްތައިން ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން" ބޮޗޭގެ މެސެޖް ނިންމާލައްވަމުން ލިޔުއްވާފައިވެއެވެ.

ސްކޫލްތަކުގައި ދުވަސްތައް ފާހަގަ ކުރުމަކީ އާންމުކޮށް ކުރާކަމެކެވެ. ޓީޗަރުންގެ ދުވަހާއި އެކި ބުނާޞަބަތު ތަކެވެ. ސަޕޯޓް ސްޓާފުންގެ ދުވަސް ހުރިހާ ސްކޫލްތަކެއްގައި ފާހަގަ ނުކުރި ނަމަވެސް ބައެއް ސްކޫލްތަކުން އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރެއެވެ. މަސައްކަތު ދައްތަމެން ކުރާ މަސައްކަތް ވެސް ދަރިވަރުންނާއި އެހެން ސްޓާފުން އަމަލީ ގޮތުން އެފަދަ ދުވަސްތަކުގައި ކޮށްއުޅެއެވެ.

އައިޒް ދެއްކީ ނަމޫނާއެކެވެ. އޭނާގެ ހިތުގައި އެ ދައްތައިންނަށް އޮތް ލޯތްބެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *