އައްޑޫގައި ހިންގާ އިމާމުން ތާޒާ ކުރުމުގެ ކޯހުގައި އެ ސިޓީން 68 އިމާމުން ބައިވެރިވެއްޖެއެވެ.
މިއީ އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި އިމާމުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 19 އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، 736 އިމާމުން ވަނީ ތަމްރީނު ކޮށްފައެވެ. އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
advertisment
ހިޔާލު