އަލަށް ފަށާ މާސްޓަރސް ލެވެލްގެ ތިން ކޯސް ވިލާ ކޯލެޖުން ލޯންޗްކޮށްފި

އަންނަ ޖެނުވަރީގައި އަލަށް ފަށާ މާސްޓަރސް ލެވެލްގެ ތިން ކޯސް ވިލާ ކޮލެޖުން މިއަދު ލޯންޗް ކޮށްފިއެވެ.

މިއަދު ލޯންޗްކުރި ތިން ކޯހަކީ:

  • މާސްޓަރސް އޮފް ޓީޗިންގ އިން އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
  • މާސްޓަރސް އޮފް ޑާޓާ ސައިންސް
  • މާސްޓަރސް އޮފް ޓީޗިންގ އިން އިންކުލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން

އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ކޯސްތަކަށް ކުރިމަތި ލާން ޖެހެއެވެ.

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން ސްޓަޑީޒް އިން ކުރިއަށް ގެންދާ މާސްޓަރސް އޮފް ޓީޗިންގ އިން އާލީޗައިލްޑްހުޑް އެޑިޔުކޭޝަން ކޯހާއި މާސްޓަރސް އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ކޯހަށް ޑިގްރީ ނިންމައިގެން އަންނަ ދަރިވަރުންނަށް ވެސް ފުރުޞަތު ލިބޭނެ ކަމަށް އެ ފެކަލްޓީގެ ޑީން އަބްދުލް ސައްތާރު ޤާސިމް ވިދާޅުވިއެވެ.

" ޓީޗިންގ ކޮލިފިކޭޝަނެއް ހޯދަން ވެސް މި ޕްރޮގްރާމުގެ ބޭނުން ކުރެވޭނެ"

އަބްދުލް ސައްތާރު ވިދާޅުވީ، އެ ދެ ޕްރޮގްރާމުގެ ތެރެއިން އެޑިޔުކޭޝަން ރިސަރޗް އަދި ޕްރޮފެޝަނަލް އިންކުއަރީގެ އެންގަލުން ކުދިންނަށް ހުނަރުތަކެއް ދަސްކޮށްދެވިގެންދާނެ ކަމަށާއި ހަމައެއާއެކު ޕާސަނަލް ރިފްލެކްޝަން އަދި ޓްރާންސްފޯމޭޝަން ޑައިމެންޝަންގެ އެންގަލުން ކަންކަން އިސްލާހުކޮށް ކަންކަން ބަދަލުކޮށް އޭގެތެރޭގައި އިނޮވޭޝަން ކަންކަން ކުރުމަށް މަގުފަހިވާނެ ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށެވެ.

"މީގައި ވަރަށް ބޮޑަށް ހިމަނާފައި އޮންނާނެ އިންކުލޫސިވް ޕާސްޕެކްޓިވްއިން. އެގޮތުން އިންކުލޫސިވްވިޓީ ކަލްޗަރ އާއި އެކަން ކުރުމަށް ދިމާވާނެ ޗެލެންޖަސް އަދި ލީޑަރޝިޕް އެންގަލުން ވެސް" ސައްތާރު ވިދާޅުވިއެވެ.

މާސްޓަރސް އޮފް ޓީޗިންގ އިން އިންކުލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ޕްރޮގްރާމަކީ އެ ދާއިރާއިން އިފެކްޓިވް ނޮލެޖް އަދި އިފެކްޓިވް ޕްރެކްޓިސަސް ވަރަށް ފުންކޮށް ދަސްކޮށްދެވިގެން ދާނެ ޕްރޮގްރާމެއް ކަމަށް ސައްތާރު ފާހަގަ ކުރެއްވިއެވެ.

ސައްތާރު ވިދާޅުވީ، މި ދެ ކޯހަކީޥެސް މިހާރު ކިޔަވައި ދެއްވަމުން ގެންދަވާ ޓީޗަރުންނާއި އަލަށް ތައުލީމީ ދާއިރާއަށް ވަންނަން ބޭނުން ފަރާތްތަކަށް ވެސް  ފަހި ފުރުޞަތެއް ކަމަށެވެ.

އަންނަ ސެމެސްޓަރގައި އަލަށް ފަށާ ތިން ވަނަ ކޯހަކީ މާސްޓަރސް އޮފް ޑާޓާ ސައިންސެވެ.

ވިލާ ކޮލެޖްގެ ސްކޫލްސް އޮފް ކޮމްޕިއުޓަރ ސައިންސްގެ ހެޑް އުދުމާ އަބްދުލް ލަތީފު ވިދާޅުވީ، ޑޭޓާ ސައިންސްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އިލްމާއި ހުނަރު އެ އެ ކޮލެޖުން ފަށާ ޑޭޓާ ސައިންސް ޕްރޮގްރާމުން ލިބިގެންދާނެ ކަމަށެވެ. ކޮންޕިއުޓަރުގެ އެހީގައި ރައްކާކޮށް ގެންގުޅޭ އެންމެހައި މައުލޫމާތުތައް ބަލަހައްޓާ، އެކި ބޭނުންތަކަށް އެ މައުލޫމާތު ނަގާ ތަފާތު ގޮތްތަށް ބަދަލުކޮށްގެން ރިޕޯޓްތައް ހެދުމަކީ ޑޭޓާ ސައިންސްގެ އެންމެ ބޮޑު އެއް ބޭނުން ކަމަށް އުދުމާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޑޭޓާ އެންވަޔަރަމަންޓެއްގައި ހިނގާ ކަންތައްތައް ނުވަތަ ހިނގަމުންދާ ކަންތައްތައް ހޯދުމަށް ޑޭޓާތައް ބެލުމާއި ކަމެއް ދިމާވީ ކީއްވެގެންކަން ދެނެގަތުމަށް ތަފްސީލީ ގޮތެއްގައި ޑޭޓާތައް ތަހުލީލު ކުރުމާއި ޑޭޓާ ތަކުގެ ޕެޓާންތައް ބަލަހައްޓާން ދަސްކޮށްދެވޭނެ ކަމަށެވެ. އަދި ސައްހަ ލަފާ ކުރުންތަކާއި ތާރީޚީ ޑޭޓާތައް ބޭނުންކުރުމާ އަދި ދިމާވެދާނެ ކަންތައްތައް ލަފާ ކުރުމުގެ އިތުރުން ނަތީޖާއަށް އިޖާބަ ދެވޭ ފެންވަރަށް ދަރިވަރުން އެ ޕްރޮގްރާމުގެ ތެރެއިން ތައްޔާރު ކޮށްދޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެ މޮޑިއުލްތަކަށް ބަލާއިރު، ޕައިތަން ޕްރޮގްރާމިންގ އާއި ޑޭޓާ މެނޭޖްމެންޓާއި މެޝިން ލާރނިންގ އަދި ޕްރޮޑަކްޓިވް އެނަލީސިސްއާއި ބިގް ޑޭޓާ އެނަލިސްޓިކްސް  އާއި ކްލައުޑް ކޮމްޕިއުޓިންގ އާއި ޑޭޓާ ވިޒުއަލައިޒޭޝަންގެ އިތުރުން މާސްޓަރސް ލެވެލްގެ ޑޭޓާ ސައިންސްގެ މޮޑިއުލް ވެސް މި ޕްރޮގްރާމުގައި ހިމެނޭނެ ކަމަށެވެ.

" މި ޕްރޮގްރާމް ނިންމާ ކުދިންނަކީ ތަފާތު އީޖާދީ އުފެއްދުން އުފައްދާނެ، ޑޭޓާ ސައިންސްވެރިންނަށް ވެގެންދާނެ" އުދުމާ ވިދާޅުވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑޭޓާ ސައިންސް ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވިލާ ކޮލެޖްގައި ޑާޓާ ސާވާއެއްގެ އިތުރުން ޑާޓާއަށް ޚާއްޞަ ލެބެއް ޤާއިމް ކުރައްވާނެ ކަމަށް ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *