ވިލާ ކޮލެޖުގައި ހިލޭ ކިޔަވަން ހަތް ކެޓަގަރީ އަކުން 16 ސްކޮލަރޝިޕް

ވިލާ ކޮލެޖުގައި ހިލޭ ކިޔަވަން އަށް ކެޓަގަރީއަކުން 16 ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕަށް ހުޅައެޅޭނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސްކޮލަރޝިޕްގައި ހިމެނޭ ހަތް ކެޓަގަރީގެ ތެއިން އިންޓަނޭޝަނަލް ސްޓޫޑެންޓް ސްކޮލަޝިޕް ކެޓަގަރީ ނޫން އެހެން ހުރިހާ ކެޓަގަރީތަކަކީ ދިވެހި ދަރިވަރުންނަށް ޚާއްޞަ ކެޓަގަރީ ތަކެވެ. މީގެ ތެރޭގައި މި އަހަރު އަލަށް ހަތަރު ޖެޓަގަރީގެ ސްކޮލަރޝިޕް ހިމެނެއެވެ.

ސްކޮލަރޝިޕަށް ހުޅުވާލީ ވިލާ ކޮލެޖުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.

ވިލާ ކޮލެޖުން ސްކޮލަރޝިޕް މީގެ ކުރިން ދެމުން އައީ ތިން ދާއިރާއަކުންނެވެ. އެއީ:
ވިލާ ކޮލެޖް / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް :

މިއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ބޭނުންވާ ދަރިވަރުންނަށް ދޭ ފުރުސަތަކެވެ. މި ކެޓަގަރީއިން ދޭނީ ދެ ފުރުސަތެވެ. މި ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން 2 އަހަރު ނުވާ ދަރިވަރުންނަށެވެ. އަދި ސްކޮލާޝިޕް ދިނުމުގައި އެންމެ އިސްކަންދޭނީ ދަރިވަރުންގެ އޭ ލެވެލް ނަތީޖާއަށެވެ.

ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕް :

މިއީ އެ ކޮލެޖުގެ މާސްޓާސް ޕްރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެއް ކިޔަވަން ދޭ ފުރުސަތެކެވެ. މި ކެޓަގަރީން ދޭނީ ދެ ސްކޮލާޝިޕެވެ. ސްކޮލާޝިޕް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ ތައުލީމީ ނަތީޖާ އަށެވެ.

ވިލާ ކޮލެޖުގެ އެލުމްނައި ސްކޮލަޝިޕް:

މިއީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް މާސްޓާސް ފެންވަރަށް ކިޔެވުމަށް ދޭ ފުރުސަތެކެވެ. މި ކެޓަގަރީއިން ދޭނީ ދެ ފުރުސަތެވެ. މި ކެޓަގަރީއަށް ހުށަހެޅޭނީ ވިލާކޮލެޖުން ޑިގްރީ ނިންމާފައިވާ ދަރިވަރުންނަށެވެ. ސްކޮލަޝިޕް ދިނުމުގައި ބަލާނީ ތައުލީމީ ނަތީޖާއަށެވެ.

އަލަށް ހުޅުވާލި ސްކޮލަރޝިޕްތައް:

މި އަހަރު ވަނީ އިތުރު ހަތަރު ދާއިރާއަކުން ސްކޮލަރޝިޕް ދޭން ފަށާފައެވެ.

ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ ބާރުވެރިކުރުވުމަށް، އަމާޒުކޮށް ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕާއެކު ޖިސްމާނީ، ސެންސަރީ، ކޮގްނިޓިވް ނުވަތަ އެނޫންވެސް ގޮންޖެހުންތައް ހުރި ފަރާތްތަކަށް މަތީ ތައުލީމު ހޯދުމަށް ހިތްވަރު ލިބިގެން ދާނެއެވެ.

ނޭޝަނަލް ޑިސްއެބިލިޓީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭ މި ކެޓަގަރީގެ ދަށުން ވިލާ ކޮލެޖުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު މި ސްކޮލަރޝިޕްގެ ދަށުން ފަހިކޮށްދޭނެއެވެ. މި ކެޓަގަރީން ދެނީ ދެ ފުރުޞަތެވެ. މި ސްކޮލަރަޝިޕަށް ހޮވުމުގައި ތައުލީމީ ނަތީޖާގެ އިތުރުން، ނުކުޅެދުންތެރިކަމާ ގުޅުން ހުރި ގޮންޖެހުންތަކާއި އެކުވެސް ތައުލީމީ ގޮތުން ކުރިއަށްދިއުމަށް ކޮށްފައިވާ މަސައްކަތާއި ހިތްވަރާއި، ކަންކަމުގައި އިސް ނެގުމާއި އަދި އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ކޮށްފައިވާ މަސައްކަތުގެ މިންވަރަށް ބަލައެވެ.

ސްޓެމް އެންޑް ހެލްތްކެއާ އިކުއިޓީ ސްކޮލަޝިޕް

މި ސްކޮލަޝިޕްގެ ދަށުން ދެ ފުރުޞަތު ދެނީ، ނާސިން އާއި ކޮމްޕިއުޓާ ސައިންސްގެ އިތުރުން އިންޖިނިއަރިންގ ދާއިރާއިން ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރުމަށެވެ. މި ސްކޮލަރޝިޕަށް ހޮވުމުގައި ތައުލީމީ ނަތީޖާގެ އިތުރުން ޖެންޑާ ޑައިވާސިޓީ ބޮޑުކުރުމަށް ދެވޭ ސަމާލުކަމާއެކު އެ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ނިސްބަތުން، މީހުން މަދު ޖިންސަކަށް އިސްކަންދޭން ވަނީ ނިންމާފައެވެ.

ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްޓޫޑެންޓްސް

މި ކެޓަގަރީއިން ފުރުސަތު ދިނުމުގައި އެންމެ އިސްކަން ދޭނީ ދަރިވަރުގެ މާލީ ހާލަތާއި ތައުލީމީ ނަތީޖާއަށެވެ. މިސްކޮލަޝިޕްގެ މަގުސަދަކީ އެފަދަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ކެޓަގަރީން ވެސް ދެނީ ދެ ފުރުޞަތެވެ.

އިންޓަނޭޝަނަލް ސްޓޫޑަންޓް ކެޓަގަރީ

ބޭރުގެ ދަރިވަރުން ރާއްޖޭގައި ކިޔަވަން މަގުފަހި ކުރުމުގެ ގޮތުން ދޭ މި ސްކޮލަރޝިޕް ދިނުމުގައި ބަލަނީ ތައުލީމީ ނަތީޖާއަށެވެ. މި ކެޓަގަރީން ދެނީ ދެ ފުރުޞަތެވެ. މި ސްކޮލަޝިޕަށް ހުށަހަޅާ ދަރިވަރުން، ސްކޮލަޝިޕަށް ހުށަހަޅާއިރު، އެ ފަރާތްތައް ހިޔާރުކުރާ ކޯހަކަށް ހޮވުނުކަމުގެ އޮފާ ލެޓާ އާއި އެ ކެޓަގަރީއަކުން ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ އެހެނިހެން ޑޮކިއުމަންޓް ހުށަހަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *