ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ އަހަރީ ކޮންސެޓް "ދިވެހިރާއްޖެ" މި ތީމަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތް ދައްކުވައިދީ ކުރިޔަށް ގެންގޮސްފިއެވެ.

ބޭބީ ނާރސަރީ އިން ފެށިގެން ގުރޭޑް ދިހައަކާ ހަމައަށް ހުރިހާ ގުރޭޑްތަކުން ހުށައެޅި ހުށައެޅުންތައް އަމާޒުކޮށްފައި ވަނީ ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި ބޭނުންވާނޭ ސިފަތައް ދަރިވަރުންގެ ހިތްތަކުގައި އަށަގެންނުވޭނެ ގޮތަށެވެ. އެގޮތުން ދިވެހި ވަޠަނަށް ޓަކައި ކާބަފައިންވި ޤުރްބާނީ އާއި ގައުމުގެ ދިފާއުގައި މަތިވެރި ޖިހާދު ސިފަކޮށް ދީފައި ވެއެވެ. މީގެ އިތުރުން ދިވެހީންގެ ޢަޤީދާއާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހެދުންއެޅުމާއި، ގަބޫލުކުރާގަބޫލުކުރުންތަކާއި، ބަހާއި ސަގާފަތާއި ތާރީޚު ކިޔައިދިނުމުގެ މައްޗަށް ތަފާތު ހުށަހެޅުން ފެނިގެން ގޮސްފައި ވެއެވެ.

ދިވެހިރާއްޖެ ބެލުންތެރިންނަށް ސިފަކޮށްދިނުމަށް ޓަކައި ތަފާތު ޑްރާމާ އާއި މިޔުޒިކަލް ޑްރިލްގެ އިތުރުން ދިވެހިވަންތަކަން ހިމެނޭ ވަރަށް ގިނަ ތަފާތު ލަވަތައް ދަރިވަރުން ހުށަހަޅާފައި ވެއެވެ.

ދަރިވަރުން ހުށަހެޅި ކޮންމެ އައިޓަމަކީ ވެސް ގިނަ މައުލޫމާތުތަކާއި މެސެޖުތައް ލިއްބައިދިން ހުށަހެޅުން ތަކެވެ. މި ގޮތުން ހުށަހަޅައިދިން ތަފާތު ހުށަހެޅުން ތަކުގެ ތެރެއިން، ރާއްޖޭގެ ރަނިންގެ ރަނިކަން ދައްކުވައިދިނުމަށް ރެހެންދި ޚަދީޖާ، ރާދަފަތި ކަބައިދި، ދާއިން ކަބައިދި އަދި ބުރެކިރަނިންގެ ރަނިކަން ދައްކުވައިދިން މިޔުޒިކަލް ޑްރާމާ ހިމެނެއެވެ. މީގެ އިތުރުން ނޮވެމްބަރު 3 ގެ ނަސްރާއި ހަނދާންތައް ދައްކުވައިދިނުމާއި، ދޫދޫމަތިން ކިޔަމުން އައިސްފައިވާ ކުރީގެ ބައެއް ހާދިސާތަކާއި، ރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ސާދާކަން ތަފާތު ލަވައިގެ ޒަރީޢާއިން ހުށަހަޅައިދީފައި ވެއެވެ.

މުހްޔިއްދީން ސްކޫލުގެ އަހަރީ ކޮންސެޓް "ތްރިލްސް" ގެ ޝޯތައް ހުށަހަޅާފއިވަނީ ނޮވެމްބަރު 16 އިން 21 އަށް ހަވީރު 4:00 6:00 އަށެވެ.
advertisment
ހިޔާލު