ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވިޝުއަލް އާޓްސް ދަރިވަރުން ހުށައަޅާ ރެދަން އާޓް އެގްޒިބިޝަން މާދަމާ ހަވީރު އާންމުންނަށް ހުޅުވާލާނެއެވެ.
އެމްއެންޔޫގެ ވިޝުއަލް އާޓްސް ދަރިވަރުން ހުށަހަޅާ ރެދަން އާޓް އެގްޒިބިޝަނަކީ ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ މިބާވަތުގެ ފުރަތަމަ އެގްޒިބިޝަނެވެ. މި އެގްޒިބިޝަން އާންމުންނަށް ހުޅުވާލަނީ 21 ނޮވެމްބަރުން 24 ނޮވެމްބަރަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:30ން ރޭގަނޑު 10:00 އަށެވެ.
ރެދަން އެގްޒެބިޝަންގެ މަޤްޞަދަކީ އުނގެނުމަށާއި ކުރިއެރުމަށް އަމާޒުކޮށްފައިވާ ފަންނާނުންނަށް އިލްހާމު ލިބޭފަދަ މާޙައުލެއް
ޤާއިމުކުރުމެވެ. މި މުހިންމު މަސައްކަތަކީ ފަންނުވެރި ތަޢުލީމުގެ މުހިންމުކަން ފާހަގަކުރުމާއެކު ދަރިވަރުންގެ އަގުހުރި ހުނަރުތައް
ދައްކުވައިދިނުމަށް ފަރުމާކުރެވިފައިވާ މަސައްކަތެކެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި އެގްޒަބިޝަންގެ ސަބަބުން ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ މުހިންމުކަމާއި އަދި އެކި ވަޒީފާގެ ދާއިރާތަކުގައި ފަންނުވެރިކަން ބޭނުންކުރެވޭ ގޮތްތަކާމެދު އިތުރަށް ހޭލުންތެރިވާނެއެވެ. ދަރިވަރުން އެމީހުންގެ އުފެއްދުންތައް ދައްކުވައިދިނުމުގެ ސަބަބުން ފަންނުވެރިކަމުގެ ދުނިޔޭގައި އެ މީހުންނަށް ލިބެންހުރި ގިނަގުނަ ވަޒީފާގެ ފުރުޞަތުތަކާ ބެހޭގޮތުން އަގުހުރި ތަޖުރިބާއާއި މަޢުލޫމާތު ލިބިގެންދާނެއެވެ. މިއީ ފަންނުވެރިކަމުގެ ދާއިރާގައި ކެރިއަރއެއް ބިނާކުރަން ބޭނުންވާ މީހުންނަށް ކުރިއަށްދިއުމަށް އެޅޭ ފިޔަވަޅެކެވެ. އަދި މި ދާއިރާގައި ލިބެންހުރި ތަޢުލީމީ ފުރުޞަތުތައް ފާހަގަކޮށްދޭ ކަމެކެވެ.


advertisment
ހިޔާލު