ގުރޭޑް 10ގައި ކިޔަވަމުން ދާ 3900 ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ފެބުރުވަރީ މަހު ފެށި މި ޕްރޮގްރާމުގެ ދަށުން ގުރޭޑް 10ގެ ހުރިހާ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓް ކުރާނެ ކަމަށެވެ. މި ޕްރޮގަރާމް ފެށީ މި އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ކުރިން ހުންނެވި ޢާއިޝަތު ސަފޫރާއެވެ. މި ޕްރޮގްރުގައި ފުރަތަމަ ސްކްރީން ކުރީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ.
މި ޕްރޮގްރާމް ފެށިފަހުން މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި ސްކްރީން ކުރުމާއި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހެލްތް މިނިސްޓްރއަދި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެންނެވެ.
ހިޔާލު