ދާލަން : ނެޝަނަލް ސްކިލްސް އެންޑް ކެރިޔަރ އެކްސްޕޯ 2024″ ގައި ބެއިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުވަތުން ހޮވުނު ފަރާތްތަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ހޮވި ފަސް ދަރިވަރުންނަށް ދޭ ސްކޮލަރޝިޕަކީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ އެހީތެރިކަމާއެކު ދިން ސްކޮލަރޝިޕްތަކެކެވެ.
ޤުރުއަތުން ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރެއްވީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.
ސްކޮލަރޝިޕް ހާޞިލުކުރެއްވި ދަރިވަރުން
- ބެޗްލަރސް އޮފް ޖަރނަލިޒަމް: އަޙްމަދު ޒައިދާން މުޙައްމަދު މުސްތަފާ
- ބެޗަލަރސް އޮފް އާރޓިފިޝަލް އިންޓެލިޖެންސް :މޫސާ ޙޫދް އިބްރީޙިމް
- ބެޗްލަރސް އޮފް ސޮފްޓްވެއަރ އިންޖީނިއަރިންގ: އައިޝަތު މާނީ ނާސިޙް އިބްރާޙިމް
- ބެޗްލަރ އޮފް މެރިން ބަޔޯޓެކްނޮލޮޖީ :އިސްމާޢިލް ރިފާޢު
- ބެޗްލަރސް އޮފް ޑިޖިޓަލް މީޑިޔާ ޓެކްނޮލޮޖީ: މުޙައްމަދު އިޔާލް ނަސީމް
މި ސްކޮލަރޝިޕްގެ ޓިއުޝަން ފީ އެއްކޮށް ހިމަނާފައިވީ ނަމަވެސް ހުރުމާއި ކެއުމާއި ހުރުން ފަދަ އެހެނިހެން ޚަރަދުތައް ކުރަންޖެހޭނީ ކިޔަވާ ދަރިވަރަކު އަމިއްލައަށެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯހުގެ ދާއިރާއާއި ޤައުމުވެސް ބަދަލެއް ނުކުރެވޭނެއެވެ.
advertisment
ހިޔާލު