"އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް 2024″ އެންމެ މޮޅު ވާހަކަދެއްކުން ތެރިންނަށް ހޮވުނީ، ހިތަދޫ ސްކޫލުގެ ޔޫނުސް ޢިމްރާން ޞާލިޙާއި އައްޑޫ ހައި ސްކޫލުގެ ރާހީ އަޙްމަދު ސަޢީދެވެ. ޔޫނުސް އެއްވަނަ ހޯދީ 15 އަހަރުން ދަށުގެ ބައިންނެވެ. ރާހީ އެއްވަނަ ހޯދީ 15 އަހަރުން މަތީގެ ބައިންނެވެ.
މި މުބާރާތުގައި 6 ސްކޫލަކުން 64 ދަރިވަރުން ބައިވެރިވެފައި ވާއިރު 15 އަހަރުން ދަށުގެ 1 ވަނަ ސްކޫލަކަށް ހިތަދޫ ސްކޫލް އަދި 15 އަހަރުން މަތީގެ 1 ވަނަ ސްކޫލަކަށް އައްޑޫ ހައި ސްކޫލް ވަނީ ހޮވިފައެވެ. އަދި ދެ އުމުރުފުރާގެވެސް 2 ވަނަ ޝަރަފުއްދީން ސްކޫލް ހޯދި އިރު 15 އަހަރުން ދަށުގެ 3 ވަނަ ފޭދޫ ސްކޫލް އަދި 15 އަހަރުން މަތީގެ 3 ވަނަ ހިތަދޫ ސްކޫލުން ވަނީ ހޯދާފައެވެ.
15 ދަށުގެ އުމުރުފުރާގެ 3 ވަނަ އާމިނަތު އަލްވީ އިމްތިޔާޒު، ޝަރަފުއްދީން ސްކޫލް ހޯދާފައިވާއިރު 2 ވަނަ ހޯދާފައިވަނީ މުޙައްމަދު ނަޒާން ނާޒިރު، ހިތަދޫ ސްކޫލްއެވެ.
15 އަހަރުން މަތީގެ 3 ވަނަ ފާޠިމަތު އައިކާ ޝަފާޒް، ހިތަދޫ ސްކޫލް ހޯދިއިރު 2 ވަނަ ހޯދާފައިވަނީ އިބްރާހީމް އަލްސަން އާސިމް، އައްޑޫ ހައި ސްކޫލްއެވެ.
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ފާހަގަކުރުމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދޮންދީނިން ރާވާ އިންތިޒާމްކުރި މުބާރާތެކެވެ.
advertisment
ހިޔާލު