ޢަރަބިއްޔާ ސްކޫލް އަޅަން 153 މިލިއަން ރުފިޔާއަށް އާރުސީސީއަށް

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް 153 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޝަން ކޮމްޕަނީއާ ހަވާލުކޮށްފިއެވެ. އެ ކުންފުނިން ވަނީ އެ އިމާރާތުގެ ޢަމަލީ މަސައްކަތް  މިއަދު ފަށާފައެވެ.

ކުރީގެ ކުނިކޮށި ހުރި ބިން، 386 ނަންބަރު ކޮށީގައި އިމާރާތް ކުރާ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ނިންމަން އާރުސީސީން އެއްބަސްވެފައި ވަނީ ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން 540 ދުވަހުގެ ތެރޭގައެވެ.

ޢަރަބިއްޔާ ސްކޫލް އިމާރާތް ކުރިން އަޅަން ނިންމީ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައެވެ. މިހާރު ޢަރަބިއްޔާ ސްކޫލް އިމާރާތް ކުރަނީ އެ ބިމަށްވުރެ ޖާގަ ތަނަވަސް ބިމެއްގައެވެ.

މި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނެއެވެ. މީގެ އިތުރުން މި ސްކޫލު ޢިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *