އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ޅޮހީ ސްކޫލުގެ 5 ކުލާސްރޫމް އޭސީ ކޮށްދެނީ

ނ. އަތޮޅު ޅޮހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ރަށު ސްކޫލް ފަސް ކުލާސްރޫމް އޭސީކޮށްދޭން ނިންމައިފިއެވެ.

160 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޅޮހީ ސްކޫލުގައި ބޭނުން ކުރާ 11 ކުލާސްރޫމުގެ ތެރެއިން އޭސީ ހަރުކުރަނީ އެންމެ ހޫނުވާ ކުލާސްރޫމްތައް ބަލައިގެންނެވެ.

ޅޮހީ ސްކޫލުގެ ޕްރިންސިޕަލް އަލީ ޒާހިރު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ފަސް ކުލާސްރޫމް އޭސީ ކުރަން 137،550 ރުފިޔާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސްކޫލަށް ހަދިޔާ ކޮށްފައިވާ ކަމަށާއި އޭސީ ހަރުކުރުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހަށް ނިންމާލެވޭނެ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، މި ދައުރުގައި އަންހެނުންގެ ކޮމިޓީއަށް ލިބުނު ފައިސާއިން އޭސީ ހަރުކޮށްދޭން ނިންމީ ދަރިވަރުންގެ ކިޔެވުމަށް ފަހި މާޙައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ޅޮހީ އަންހެނުންގެ ކޮމިޓީން ބުނީ، ހޫނުގައި ކިޔަވަން ޖެހުމުގެ ޝަކުވާ ދަރިވަރުންގެ ފަރާތުން އަންނަ ކަމަށާއި އެ ކޮމިޓީން ބޭނުންވީ ފިނި  މާހައުލެއްގައި ކިޔަވަން ތައުލީމަށް އެކަށީގެންވާ އިންވެސްޓެއް ކުރަން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *