ފޭދޫގައި، ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖަކަށް ހަދަން ޕުރޮގްރާމެއް ފަށަނީ

އައްޑޫ ސިޓީ ފޭދޫގައި، އެ އަވަށު އޮފީހާއި ގަން ޕޮލިސް ސާވިސް ގުޅިގެން "ކޮންމެ ކުއްޖަކީ ނަމާދު ކުރާ ކުއްޖެއް" ނަމުގައި ޕުރޮގްރާމެއް ހިންގަން ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

 

މި ޕުރޮގްރާމްގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ނޮވެންބަރުން އަންނަ އަހަރުގެ  ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ އަވަށުގެ މަސްޖިދުލް އަމާނީއާއި މަސްޖިދުލް ކައުޘަރާއި މަސްޖިދުލް ފަލާޙްގައި ކމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ފުރަތަމަ ބެޗުގައި ބައިވެރިވުމަށް ބޭނުންވާ މިއަވަށަށް ނިސްބަތްވާ އަދި މިއަވަށުގައި ދިރިއުޅެމުން އަންނަ 7 އަހަރުން މަތީގެ ކުދިން މި މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށައެޅުމަށެވެ.

 

އަދި ޕުރޮގްރާމުގައި ބައިވެރިވެ މިޕުރޮގްރާމް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރާ ކުދިންނަށް އަމާޒުކޮށް، މިޕުރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *