"ބެލެންސް ބޫސްޓް" އިން ކިޔައި މި ދެނީ އޯލެވެލްގެ އެކައުންޓިންގ އިން ނަތީޖާ ނެރެދޭނެ ގޮތް

ފުރަތަމަ ސެޝަން ހިލޭ ތަޖުރިބާ ކޮށްލެވޭނެ

" ބެލެންސް ބޫސްޓް" އަކީ އެކައުންޓިންގ ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓް ފޯމުން ކޮށްދޭ ކަމަކީ އޯލެވެލްގައި އެކައުންޓިންގ އިން ރަނގަޅު ނަތީޖާއެއް ހޯދައިދޭން މަސައްކަތް ކޮށްދިނުމެވެ. ކުލާސްތައް ކުރިއަށް ގެންދަނީ ގުރޭޑް 9އާއި 10ގެ ދަރިވަރުންނަށެވެ.

" ބެލެންސް ބޫސްޓް" ގެ އެންމެ އަސާސީ ސިފައަކީ އެކައުންޓިންގެ އެންމެ އަސާސީ ހުނަރުން ފެށިގެން އޯލެވެލްގައި ކަވަރު ކުރަން ޖެހޭ ބައެއްގެ ވަކިވަކި ބައިތަކަށް އަމާޒު ކުރުމެވެ. ދަރިވަރަށް ފަސޭހައިން ފަހުމް ވާނެ ހެން ކިޔައިދިނުމެވެ. އަދި ދަރިވަރުންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދީ މާހައުލުގެ ތެރެއިން ނެރެދޭ މިސާލު ތަކުގެ އަލީގައި ކޮންސެޕްޓްތައް ފަހުމު ކޮށްދިނުމެވެ.

ދެ ގަޑިއިރުގެ ކޮންމެ ސެޝަނަކަށް 200 ރުފިޔާގެ ފީ އެއް ކަނޑައަޅާފައިވާއިރު، ފުރަތަމަ ސެޝަންގައި ފީ އެއް ނެތި ބައިވެރިވެވޭނެއެވެ. ބޭނުމަކީ "ބެލެންސް ބޫސްޓް" އަޖުމަ ބަލައިލުމުގެ ފުރުޞަތު ދަރިވަރުންނަށް ހުޅުވާލުމެވެ.

ފުރަތަމަ ސެޝަންގައި ބައިވެރިވާ ދަރިވަރުން މާދަމާގެ ނިޔަލަށް ރަޖިސްޓްރީ ވާން ޖެހެއެވެ. ސެޝަން ކުރިއަށް ގެންދާނީ ހުކުރު ދުވަހުގެ ރޭ 7ން 9އަށެވެ.

މިއީ މާލޭގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ރަށުގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ވެސް ލިބޭނެ ރަނުގެ ފުރުޞަތެވެ.

ކިޔަވައި ދެއްވަނީ ކޮންބޭފުޅެއް؟

"ބެލެންސް ބޫސްޓް" ގެ ކިޔަވައި ދެއްވަނީ ކިޔަވައި ދެއްވުމުގައި 25 އަހަރުގެ ތަޖުރިބާކާރު، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބްދުﷲ އެވެ. ކިޔަވައި ދެއްވަން އަލުން ފަށައިގަންނަނީ އެކައުންޓިންގ ދާއިރާގެ 16 އަހަރުގެ ތަޖުރިބާ އާ އެކުގައެވެ. އެތައް ސްކޫލެއްގެ ދަރިވަރުންނަށް މީގެ ކުރިން ހިލޭ ސާބަހަށް މިފަދަ އެތައް ސެޝަނެއް އޭނާ ނަންގަވާ ދެއްވިއެވެ. ދަރިވަރުންނަށް ތަފާތު ތަޖުރިބާ ތަކެއް ކުރުވި އެ ސެޝަންތަކަކީ މިއަދު އެ މަސައްކަތް ކުރައްވަން އޭނާއަށް ހިތްވަރު ލިބިވަޑައިގަންނަވާ އެއް ސަބަބެވެ.

ބައިވެރިވާން ހަދާނީ ކިހިނެއް؟

ބެލެންސް ބޫސްޓްގެ ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް 7575741 އިން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރީ ވެސް ކުރެވެނެއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *