ކޮވިޑްން ރައްކާތެރި ވުމަށް 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ހުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން މިހާތަނަށް 4973 ދަރިވަރަކަށް ފުރަތަމަ ޑޯޒް ދީފިއެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން އާދީއްތަ ދުވަހު ފަށާފައިވާއިރު، ވެކްސިން ދޭ އުމުރުގެ 40،000 ދަރިވަރުންނަށް މި މަހުގެ ނިޔަލަށް ވެކްސިންދީ ނިންމާލެވޭނެ ކަމަށް އެެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ދެނީ އެމެރިކާއިން ހަދިޔާކުރި ފައިޒަރ ވެކްސިނެވެ.
މީގެ ކުރިން ވަނީ ނިމުނު ދިރާސީ އަހަރު ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް ވެކްސިން ދެ ޑޯޒް ދީފައެވެ. އޭގެ ތެރެއިން ވެކްސިން ނުޖަހާ ދަރިަވަރުންނަށް ވެސް މިހާރު ދަނީ އެ ދަރިވަރަކު ކިޔެވި ސްކޫލެއް މެދުވެރިކޮށް ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ.

ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްގެން ކިޔަވާ ދިނުމަށްފަހު، މި އަހަރު ފަށައިގެން ކިޔަވައި ދެމުން ގެންދަނީ ސްކޫލަށް ދަރިަވަރުން ހާޒިރުކޮށްގެންނެވެ.
advertisment
ހިޔާލު