ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގެމަނަފުށީ ސްކޫލަށް ބީޓެކް ކޫލާސްރޫމެއް

ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގެމަނަފުށީ ސްކޫލަށް " ބީޓެކް ކޫލާސްރޫމެއް" ހަދާދީފިއެވެ.

މި ކުލާސްރޫމުގެ ސަބަބުން ގެމަނަފުށީ ސްކޫލްގައި ބީޓްކް ސްޓްރީމަށް ކިޔަވަމުންދާ ދަރިވަރުންނަށް އަމަލީ ގޮތުން މަސައްކަތުގައި ހަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެއެވެ.
އެ ސްލޫލްގެ ބީޓެކް ސްޓްރީމް އަމާޒުކޮށްފައި ވަނީ " ހޮސްޕިޓާލިޓީ" ދާއިރާއަށެވެ.

ދިވެހި ބޭންކުގެ މާލީ އެހީތެރިކަމާއެކު، ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގާއިމްކުރި ބީޓެކް ކުލާސްރޫމުން ފެންނަނީ ހޮސްޕިޓާލިޓީ ދާއިރާއަށް ބޭނުންވާ މުހިންމު ކަންތައްތައް އަމަލީ ގޮތުން ކުރާނެ މާހައުލެކެވެ. އެ މާހައުލުން ފެންނަނީ ބަނދިގެއަކާއި، ގެސްޓްރޫމުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރާނެ ވަޞީލަތެވެ.

ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސައްދާމް ވިދާޅުވީ " ބީޓެކް ކުލާސްރޫމް" ގެ ސަބަބުން އެ ރަށުގެ ކައިރީގައި އޮތް ރިސޯޓްތަކަށް ބޭނުންވާ ވަޒީފާތަކަށް ޝަޢުޤުވެރިވާ ޒުވާނުން ނެރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބީޓެކް ސްޓްރީމަށް އެ ސްކޫލްގައި މިހާރު ކިޔަވަމުން ދަނީ ނުވަ ދަރިވަރުންނެވެ. އެއީ ގުރޭޑް ދިހައެއްގައި ކިޔަވާ ފަސް ދަރިވަރުންނާއި، ގުރޭޑް 9ގައި ކިޔަވާ ހަތަރު ދަރިވަރުންނެވެ. ގުރޭޑް 10އާހަމައަށް 350 އެންހާ ދަރިވަރުން އެ ސްކޫލްގައި ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *