އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ސްކޫލްތަކުން ތައްޔާރުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ އޯލެވެލް ނަތީޖާތައް ހުރިހާ ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށާއި، ނަތީޖާ ދޫކުރުމުގެ މަސައްކަތް އެ ސެންޓަރުތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އޯލެވެލްގެ ނަތީޖާ ފޮނުވި ނަމަވެސް އެސްއެސްސީ އިމްތިޙާނުގެ އިސްލާމްއާޢި ދިވެހި މާއްދާގެ ނަތީޖާ ސެންޓަރުތަކަށް ދޫކުރާނީ މިއަދު އެކެއް ޖަހާއިރުއެވެ.

ބައެއް ސްކޫލްތަކުން ދަނީ ނަތީޖާ ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މާލޭގެ ބައެއް ސްކޫލްތަކުން ދަނީ މިއަދު މެންދުރުފަހު ނަތީޖާ ދޫކުރަން ނިންމައި، އެކަން އޯލެވެލް ހެދި ދަރިވަރުންނަށް އަންގާފައެވެ.

ކޮވިޑާ ގުޅިގެން ލަސްކުރި އޯލެވެލް އިމްތިޙާން ބޭއްވީ މި އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހުއެވެ. އޯލެވެލް އިމްތިހާނުގައި 234 ސެންޓަރަކުން 5،955 ދަރިވަރަކު އިމްތިޙާނު ހެދިއެެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *