ރާއްޖޭގެ ފުރަތަމަ "ބްރެއިން އައުޓް ޑޯ ޖިމް" އުނގޫފާރު ސްކޫލްގައި ހުޅުވަނީ

ރާއްޖޭގެ ފުރަތަމަ "ބްރެއިން އައުޓް ޑޯ ޖިމް" އުނގޫފާރު ސްކޫލްގައި ހުޅުވުމުގެ މަސައްކަތް އެ ސްކޫލުން ފަށައިފިއެވެ. މިއީ ސިކުނޑީގެ ކަސްރަތަށް ޚާއްޞަ ޖިމެކެވެ.

"އާންމުކޮށް މި ހުންނަނީ ހަށިގަނޑަށް ބޭނުންވާ ކަސްރަތަށް ޚާއްޞަ ޖިމްތަކެއް. ސިކުނޑިއަށް ވެސް ކަސްރަތު މުހިންމުވާއިރު، ސިކުނޑިއަށް ވިސްނައިގެން ވިސްނުން ތަރައްގީ ކުރުމަކަށް ކަސްރަތު ކުރާތަނެއް ނުފެނޭ. މައިންޑް ސާފުކޮށް ސިކުނޑިއަށް ބޭނުންވާ ކަސްރަތު ކުރުމަކީ މުހިންމު ކަމެއްކަން ވިސްނައިދޭން ދަރިވަރުންނާއި މުދައްރިސުން އަދި ސްޓާފުންނަށް މިފަދަ ޖިމްއެއް ހަދަން ނިންމީ" އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ތަރައްގީ މި ކުރަނީ ފޮތްތަކާ ނުލައި ދަރިވަރުންގެ ވިސްނުން ތަރައްގީ ކޮށްދޭނެ ޕުލެޓް ފޯމެއް"

މި ޖިމުން، ސިނކުޑިއަށް ތާޒާކަން ގެނުވައިދޭ ޚާއްޞަ ކުޅިވަރުތައް ކަމަށްވާ ރާޒުވާ، ޕަޒުލް، ރުބިކްސް ކިއުބު، ލުޑޯ،ސްކްރަބްލް ގޭމްތައް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

"އެތަނުގައި ހުންނާނީ މުޅިންހެން ސިކުނޑިއަށް އެކްސަސައިޒް ލިބޭ ކަހަލަ ގޭމްތައް. މި ގޭމްތަކުގެ ސަބަބުން ކުދިންގެ ވިސްނުން ތަރައްގީވުމާއި ކުޅުމުގެ ހުނަރު ތަރައްގީ ކުރުމަށް ފުރުޞަތު ތަކެއް ފަހިވެގެންދޭ" މުޖުތަބާ ވިދާޅުވިއެވެ.

މުޖްތަބާ ވިދާޅުވިގޮތުގައި ރާއްޖޭގެ ފުރަތަމަ "ބްރެއިން އައުޓް ޑޯ ޖިމް" ތަރައްގީ ކުރަނީ ހެޔޮއެދޭ ފަރާތްތަކާއި އެ ސްކޫލްގެ ބެލެނިވެރިންނާ ގުޅިގެންނެވެ. ގާތްގަޑަކަށް 60،000ރ ޚަރަދުވާނެ ކަމަށް ބެލެވޭ މި ޖިމް ނިމުމުން އެއްފަހަރާ 25 ކުދިންނަށް ބޭނުން ކުރެވޭނެއެވެ.

އުނގޫފާރު ސްކޫލްގައި 431 ކުދިން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *