ޑރ. އަސްރާ އިސްމާއިލްގެ އިންޓަވިއު

އޭލެވެލް ނިންމާފައި، އެމްއެންޔޫއިން ޑޮކްޓަރީކަން ކިޔަވަން އަސްރާ އިސްމާއިލް ނިންމީ، މަންމަ ދިން ޔަޤީން ކަމެއްގެ މައްޗަށެވެ. ކޯސް ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލު އުފެދުނު ވަގުތު ތަކެއް ދިޔަ ނަމަވެސް، ޑޮކްޓަރެއްގެ ގޮތުގައި މިއަދު އިންޓަރންޝިޕް ފުރިހަމަ ކުރަން ފުރުޞަތު ލިބުނީ އާއިލާއާއި ކިޔަވައިދެއްވި ލެކްޗަރާއިންނާއި ބަލިމީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމެވެ.