ދިވެހި މަރުކަޒީ ބޭންކު އެމްއެމްއޭއިން ކުރިއަށް ގެންދާ "ފިންލިޓް ފެސްޓް" ބަހުސް މުބާރާތުގެ ފައިނަލަށް އަހުމަދިއްޔާއާއި ސީއެޗްއެސްއީ ހުޅުމާލެ ދަތުރުކޮށްފިއެވެ.
މި މުބާރާތުގައި ތިން ސްކޫލަކުން ޖުމްލަ ހަތަރު ޓީމެއް ވާދަކުރިއެވެ. އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ސީ.އެޗް.އެސް.އީ ހުޅުމާލެއެވެ.
އެމް.އެމް.އޭ ފިންލިޓް ބަހުސް މުބާރާތަކީ އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކަށް އަމާޒުކޮށް، މަތީ ސާނަވީ ދަރިވަރުންގެ މެދުގައި ފޯރިގަދަ ހަ ބުރެއްގެ މައްޗަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތަކީ އެމް.އެމް.އޭ ފިންލިޓް ފެސްޓިވަލްގެ ތެރެއިން ހިންގޭ އެންމެ މުހިންމު އެއް ހަރަކާތެވެ. މީގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ކަންކަމާ މެދު ފުންކޮށް ވިސްނައި، ބަހުސްކުރުމުގެ ހުނަރުތަކާއި މުާމަލާތްކުރުމުގެ ގާބިލުކަން ތަރައްގީކުރުމަށް ފުރުސަތު ހޯދައިދިނުމެވެ.
އިލްމީ އަދި ވަރުގަދަ ބަހުސްތަކަކަށްފަހު، މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީ.އެޗް.އެސް.އީ ހުޅުމާލެއެވެ.
މި މުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރު ގައެވެ.
.
advertisment
ހިޔާލު