ރަންނަމާރި ޗެލެންޖްގެ އަންހެން ޗެމްޕިއަންކަން 9 އަހަރުގެ ޒުވާން ސާފަރު އާލިޔާއަށް

ރަންނަމާރި ސާފިން ޗެލެންޖްގެ އަންހެން ޗެމްޕިއަންކަން 9 އަހަރުގެ ޒުވާން ސާފަރު އާލިޔާ ލަތީފު ހޯދައިފިއެވެ.

އާލިޔާގެ މި ކާމިޔާބީއާއެކު އޭނާ ވެގެން ދިޔައީ، ސާފިންގެ ގައުމީ މުބާރާތެއް ކާމިޔާބުކުރި އުމުރުން އެންމެ ހަގު އަންހެން އެތުލީޓަށެވެ. އާލިޔާ ފައިނަލަށް ދިޔައީ 11.83 ގެ ސްކޯއެއް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ވާދަކޮށް ލިބުނީ 5.23 ގެ ސްކޯއެކެވެ.

ކުރިއަރަމުން އަންނަ އާލިޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ޖޫނިއާ ސާފިން މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއަހަރު ލަންކާގައި ބޭއްވި ބައިނަލްއަގްވާމީ ސާފިން މުބާރާތުން ރަން މެޑަލް ވެސް އޭނާ ހޯދާފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *