އައިޔޫއެމް ޑިސްޓިންކްޝަން އެވޯޑް 8 ދަރިވަރުންނަށް، ބެސްޓް ސްޓޫޑެންޓުގެ އެވޯޑް 10 ދަރިވަރުންނަށް

އައިޔޫއެމްގެ ޑިސްޓިންކްޝަން އެވޯޑް ހޯދި ހަތަރު ދަރިވަރުންގެ ތެރޭގައި ބިދޭސީ ތިން ދަރިވަރުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މި އަހަރުގެ ފުރަތަމަ ޓާމުގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޑިސްޓިންކްޝަން އެވޯޑް 10 ދަރިވަރުންނަށް، ބެސްޓް ސްޓޫޑެންޓުގެ އެވޯޑް 10 ދަރިވަރުންނަށް ދީފިއެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ފެށީ މިއަދު ހެނދުނު އެ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އައިޔޫއެމް ޑިސްޓިންކްޝަން އެވޯޑް ހޯދި 8 ދަރިވަރުންގެ ތެރޭގައި ބިދޭސީ ތިން ދަރިވަރުން ހިމެނެއެވެ. އެއީ މިސްރާއި ފަލަސްތީނުގެ އިތުރުން ސްރީލަންކާގެ ދަރިވަރެކެވެ.

އައިޔޫމްއިންދޭ ޑިސްޓިންކްޝަން އެވޯޑަކީ، އެ ޔުނިވަރސިޓީގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 (ބެޗްލާސް ޑިގްރީ) އާއި އެއަށްވުރެ މަތީ ފެންވަރުގެ ކޮންމެ ކޯހަކުން ވެސް ނަތީޖާއަށް ބަލާއިރު ހުރިހާ މާއްދާތަކުން ހައިޑިސްޓިންގްޝަން ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.

ބެސްޓް ސްޓޫޑެންޓް އެވޯޑަކީ އައިޔޫއެމްގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 އާއި ލެވެލް 9 ހިމެނޭ ގޮތަށް އެ ދެމެދުގެ ޢިލްމީ ކޮންމެ ކޯހަކުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.

ޑިސްޓިންކްޝަން އެވޯޑް ލިބުނު ދަރިވަރުންނަކީ:
  • އާމިނަތު ޒީނިޔާ- މާސްޓަރސް އޮފް އާރޓްސް އިން ޤުރްއާނިކް ސުންނާ
  • ނަސްރުﷲ ޢަލީ- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލޮޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • މުޙައްމަދު ޣާލިބު ޝާހިދު – މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލޮޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • ފައުޒާ ޟިރާރު- މާސްޓަރސް އޮފް ޓީޗިންގ އެންޑް ލާރނިންގ- ޤުރްއާން
  • އަމްނާ މުޙައްމަދު އިސްމާއިލް އަލް ކުރުދީ، ފަލަސްތީން- މާސްޓަރސް އޮފް އާޓްސް އަރަބިކް ލިންގުއިސްޓިކް
  • މަހްމޫދު މުޙައްމަދު އަބްދުލްމުންޢިން ޙަސަން، މިސްރު- މާސްޓަރސް އޮފް އާޓްސް އަރަބިކް ލިންގުއިސްޓިކް
  • އާއިޝަތު އަޙްލާ އެތުމާގެ ބ. އޭދަފުށި – މާސްޓަރސް އޮފް އާޓްސް އަރަބިކް ލިންގުއިސްޓިކް
  • މުޙައްމަދު އުވައިސް މުޙައްމަދު އަމީން، ސްރީލަންކާ- މާސްޓަރސް އޮފް އާޓްސް އަރަބިކް ލިންގުއިސްޓިކް
ކޯހުން އެއްވަނަ ހޯދައިގެން ބެސްޓް ސްޓޫޑެންޓް އެވޯޑް ހޯދި ދަރިވަރުން:
  • ނަސްރުﷲ ޢަލީ، އެއްގަމުގެ ބ. ކެންދޫ، – މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލޮޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • އަބްދުﷲ ރަޝީދު، – ބެޗްލަރ އޮފް އިމާމްޝިޕް
  • އާމިނަތު ލީނާ – ބެޗްލަރ އޮފް ޓީޗިންގ އެންޑް ޤުރްއާން
  • މުޙައްމަދު އުވައިސް މުޙައްމަދު އަމީން،- މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލޮޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • ނާސިޙާ އަޙްމަދު، ބެޗްލަރ އޮފް ޤުރްއާން އެންޑް ސުންނާ
  • އާމިނަތު ޒީނިޔާ- މާސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސުއްނާ
  • ފައުޒާ ޟިރާރު- މާސްޓަރސް އޮފް ޓީޗިންގ އެންޑް ލަރނިނގް- ޤުރްއާން
  • އަޤްލީމާ އަޙްމަދު – މާސްޓަރސް އިން ރިސަރޗް ޕަބްލިކޭޝަން
  • މުޙައްމަދު ޝާމް އަބްދުﷲ ޝަރީފު- މާސްޓަރސް އޮފް ބިޒްނަސް މެނޭޖްމަންޓް
  • އައިޝަތު ޖަންނަތު- މާސްޓަރ އޮފް ޓީޗިންގ އެންޑް ލަރނިންގ އިން ހަޔަރ އެޑިޔުކޭޝަން

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *