އެމްއެންޔޫއާއި ރިފާ ޔުނިވަރސިޓީގެ އައިސީއެމްއީ ކޮންފަރެންސް މި މަހު 26ގައި ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާއި ރިފާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން ބާއްވާ އައިސީއެމްއީ ކޮންފަރެންސް މި މަހު 26ގައި ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ އޮކްޓޫބަރު 26 އިން 27 އަށް ޤައުމީ ޔުނިވަރސިޓީގެ ޕީއީ ހޯލުގައެވެ.

ޕާކިސްތާނުގެ ރިފާ އިންޓަރނޭޝަނަލް ޔުނިވަރސިޓީން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މި ޝަރަފުވެރި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ތަޢުލީމީ މާހިރުންގެ މެދުގައި ޢިލްމީ މަޝްވަރާތައް ކުރިއަރުވައި، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މާހިރުންނާއި، މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ސިޔާސަތު އެކުލަވައިލާ ފަރާތްތަކާއި ދަރިވަރުން ބައިވެރިވާނެއެވެ.

މިއީ ޞިއްޙީ ދާއިރާގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި އައު އީޖާދުތަކާއި ޚިޔާލުތައް ބަދަލުކޮށް، ފަންނީ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތަކަށް ވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޮންފަރެންސްގެ ތެރެއިން، އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ އުފެއްދުންތަކާއި، ޚިދުމަތްތަކާއި، ޓެކްނޮލޮޖީ އަދި އައު އީޖާދުތައް ދައްކާލުމަށްޓަކައި މައުރަޒު ކުރިއަށްގެންދިއުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ މުއައްސަސާތަކާއި ވިޔަފާރިތަކުން މައުރަޒުގެ ސްޓޯލްތައް ކުއްޔަށް އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، ހިފުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސްޓޯލް ބުކުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 24 އޮކްޓޫބަރުގެ ކުރިން އީމެއިލް  ކުރުމަށް އެދިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *