ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ރަހީމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖްގެ ޑީންއަކަށް ހަމަޖައްސައިފިއެވެ.
8 އަހަރާއި 8 މަހާއި 8 ދުވަހު، ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަޤާމުގައި ހުންނެވުމަށްފަހު، އެ ސްކޫލާ ވަކިވެވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ޝުޖާއު އެ ސްކޫލަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޢަރަބިއްޔާ ސްކޫލުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ޑރ. ޝުޖާ ޕީއެޗްޑީ ހެއްދެވީ އިންޓަރނޭޝާނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން، އެޑިޔުކޭޝަން ލީޑަރޝިޕް މެނޭޖްމަންޓްގެ ދާއިރާއިންނެވެ.
ކުއްލިއްޔާ އޮފް އަރަބިކް ލެންގުއޭޖްގެ ޑީންއަކަށް ކުރިން ހުންނެވީ އައްޝައިޙް ފައްޔާޒު އަލިމަނިކެވެ. މި މަޤާމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.
advertisment
ހިޔާލު