ޑރ. ހަސަންގެ ކަންބޮޑުވުން، ސައިންސް ސްޓްރީމުގައި ކިޔަވާ ދަރިވަރުން މަދުވުން

ރާއްޖެ ފަދަ ޤައުމެއްގައި، %20 އަށް ވުރެ ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް

ރާއްޖެ ފަދަ ޤައުމެއްގައި، 20 އިންސައްތައަށްވުރެ އަށް ވުރެ ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ސިފަކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ތައުލީމީ ވުޒާރާއިން ދޫކޮށްފައިވާ ތަފާސް ހިސާބު ހިމެނޭ އާރުޓީއައި ފޯމު ހިއްސާ ކުރައްވައި ޑރ. ހަސަން ހަމީދު ވިދާޅުވެފައިވަނީ، އިނގިރޭސި ވިލާތާއި ސިންގަޕޫރުގައި ވެސް މި ނިސްބަތް ފަސްބައިކުޅަ އެއް ބަޔަށް ވުރެ ދަށް ކަމަށެވެ.

"ޤައުމުގައި ޢާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި ޢަދަދު %80 އަށް އެރުމުގެ ނަތީޖާކަމަށް ބައެއް މީހުން ބުނާނެއެވެ. މި ނިސްބަތާ މެދު ތިބާ ކަންބޮޑުވެ ވަޑައިގަންނަވަންތޯ އެވެ؟" އެ ޕޯސްޓްގައި ޑރ. ހަސަން ލިޔުއްވާފައިވެއެވެ.

އެ ޕޯސްޓާއެކު 2025 ވަނަ އަހަރު ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުން ވަކިވަކި މާއްދާތަކުގައި ބައިވެރިވި އަދަދު ވަނީ، ހިމަނާފައެވެ. ތައުލީމީ ވުޒާރާއިން ފޯރުކޮށްދިން މި ތަފާސް ހިސާބުތަކަށް ބަލާއިރު، ތިން ސްޓްރީމުގައި ދަރިވަރުން ބައިވެރިވި އިންސައްތައަށް ބަލާއިރު، ސައިންސް ސްޓްރީމުގައި ބައިވެރިވެފައިވަނީ 50 އިންސައްތަ ދަރިވަރުންނެވެ. ބިޒްނަސް ސްޓްރީމުގައި 49 އިންސައްތަ ދަރިވަރުން ބައިވެރިވިއިރު، އާޓްސް ސްޓްރީމުގައި ބައިވެރިވެފައި ވަނީ އެއް އިންސައްތަ ދަރިވަރުންނެވެ.

ސައިންސް ސްޓްރީމުގައި ހިމެނޭ ބަޔޯލަޖީ، ކެމިސްޓްރީ، ފިޒިކްސްގެ އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 8،957 ދަރިވަރުންނެވެ. ބިޒްނަސް ސްޓްރީމުގައި ހިމެނޭ ބިޒްނަސް، އެކައުންޓް، އިކޮނަމިކްސް އިމްތިޙާނުގައި ބައިވެރިވެފައި ވަނީ 7،017 ދަރިވަރުންނެވެ. އާޓްސް ސްޓްރީމްގައި ބައިވެރިވެފައި ވަނީ 58 ދަރިވަރުންނެވެ.

ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު މަދުވަމުންދާ ކަމުގެ ކަންބޮޑުވުން ތައުލީމީ ވަޒީރުވެސް ދާދި ފަހުން ވަނީ ފާޅުކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *