މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ހިންގަމުން އަންނަ ނެޝަނަލް ސިކްސަރސް ކޭމްޕް މިއަދު ހަވީރު ނިންމާލައިފިއެވެ.
މި އަހަރުގެ މި ކޭމްޕް ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު 14އިން 16 އަށް، ރާއްޖޭގެ ތިން ސްކޫލެއްގައެވެ. އެއީ، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް، (ހުޅުމާލެ ފޭސް 2) ހުރަވީ ސްކޫލް (ހުޅުމާލެ ފޭސް 1) އަދި އަބޫބަކުރު ސްކޫލް ( ތިނަދޫ ސިޓީ) ގައެވެ.
މި ކޭމްޕްގެ މަޤްޞަދަކީ ލިޓްލްމެއިޑް ކުދިންނަށް އަމިއްލަ ނަފްސުދެކެ ލޯބިވުމަށާއި، އަމިއްލަ ނަފްސައްކުރާ އިތުބާރު އިތުރުކުރުމަށް މަގުފަހިވާނެ ހަރަކާތްތައް ހިންގުމާއި، އިޙުތުރާމާއި އެކު ކުދިންނާ މުޢާމަލާތްކުރުމާއި އަދި މީގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުން ކުރާނެ އިތުރު ހުނަރުތައް އެކުލެވިގެންވާ ހަރަކާތްތަކެއް މި ކޭމްޕް މެދުވެރިކޮށް ލިޓްލްމެއިޑް ދަރިވަރުންނަށް ކުރިއަށް ގެންދިއުމެވެ.
މިކޭމްޕްގެ ޝިޢާރާ ގުޅޭ ތަފާތު އެކި މަޢުޟޫތަކަށް ލިޓްލްމެއިޑް ކުދިންނަށް މަޢުލޫމާތާއި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ކޭމްޕްގައި ޖުމްލަ ރާއްޖޭގެ ގައިޑް ހަރަކާތް ހިންގާ 52 ސްކޫލަކުން 553 ލިޓްލްމެއިޑު ދަރިވަރުންނާއި 79 ލީޑަރުން ބައިވެރިވެއެވެ.
ކޮންމެ އަހަރެއްގެވެސް ކޭމްޕް ކުރިއަށްދަނީ ވަކި ހާއްސަ ތީމެއްގެ ދަށުންނެވެ. މިގޮތުން މިއަހަރުގެ ޝިއާރަކީ "ލީޑިން ވިތް ހާރޓް" އެވެ.
advertisment
ހިޔާލު