ގއ. އޭއީސީގެ ހަތް ދަރިވަރުން 2024 ވަނަ އަހަރު މަތީި ސާނަވީގެ ގަދަ ދިހައެއްގައި ހިމެނިފައިވޭ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން ސާބިތުކޮށް ދެމުން އަންނަނީ މަތީ ސާނަވީއަށް ކިޔަވަން ރަށުން ބޭރަށް ދާން ނުޖެހޭނެ ކަމެވެ. އެ މަރުކަޒުން ހޯދަމުންދާ ނަތީޖާއިން އެކަން ސްބިތުވާނެ ކަމަށް ޕްރިންސިޕަލް ތަމްހީދު، ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އެ މަރުކަޒުން 18 ދަރިވަރުން ފާއިތުވި އަހަރު އޭލެވެލްގައި ބައިވެރިވެ ހަތް ދަރިވަރުން މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. މިދިޔަ އަހަރަކީ ގަދަ ދިހައެއްގައި އެ ސްކޫލުގެ އެންމެ ގިނ ދަރިވަރުން ހިމެނުނު އަހަރެވެ. 2023 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނުނީ 3 ދަރިވަރުންނެވެ.
އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:
ފާތުމަތު މައީޝާ ރާފިއު- ދެވަނަ
އައިޝަތު އިނާން ހަމްޒާ- ތިންވަނަ
އިފްހާމް ހަސަން- ތިންވަނަ
މުޙައްމަދު ޒައިން އަލީ- ތިންވަނަ
މޫނިން ޒުބައިރު- ތިންވަނަ
ފާތިމަތު ޖިނާން ޖަމީލް- ހަތްވަނަ
އަބްދުﷲ ޒިހާމް ޒައީމް އަށްވަނަ
ރިޗެކް ކުރުމުން ތިން ދަރިވަރެއްގެ ނަތީޖާއަށް ބަދަލުއައުން އެކަށީގެންވާ ކަމަށާއި އެހެން ވެއްޖެނަމަ ގަދަ ދިހައެއްގައި ހިމެނޭނެ ޖުމްލަ ކުދިންގެ އަދަދު 9 އަށް އެރުމުގެ ފުރުޞަތު އެބައޮތް ކަމަށް ގއ. އޭއީސީން ބުނެއެވެ.
އެއް އަހަރުން އަނެއް އަހަރަށް ހޯދޭ ނަތީޖާ ރަނގަޅު ވުމަކީ އެއީ ބެލެނިވެރިންނަށް އެ މަރުކަޒާމެދު ފުރިހަމަ އިތުބާރު ބޮޑުވާ އެންމެ މުހިންމު ސަބަބު ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ތަމްހީދު ވިދާޅުވީ، ސާނަވީ ނިންމާފައި {ވިލިނގިއްޔަށް} ނިސްބަތްވާ އެއްވެސް ދަރިވަރަކު މަތީ ސާނަވީއަށް ކިޔަވަން އެހެން ސްކޫލަކަށް ނުދާނެ ކަމަށާއި، އެހެން ސްކޫލްތަކުން ސާނަވީ ނިންމާ އެރަށަށް ނިސްބަތްވާ ބައެއް ދަރިވަރުން ރަށަށް އެނބުރި އައިސް އެ މަރުކަޒުގައި ކިޔަވަމުންދާ ކަމަށެވެ.
"މިއީ، ބެލެނިވެރިންނާއި ސްކޫލާއި ޓީޗަރުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި ކުދިންނާ ވަރަށް ގާތުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ" ތަމްހީދު ވިދާޅުވިއެވެ.
ގއ. އޭއީސީގައި 679 ދަރިވަރުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ދެއެވެ.
advertisment
ހިޔާލު