އެޗްއެސްސީ އިމްތިޙާނާއި އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހުސްވި އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވި އެޗްއެސްސީ އަދި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަމުންދާނެ ކަމަށެވެ. އަމިއްލަ ގޮތުން އިމްތިޙާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫރުރާނީ އެ ޑިޕާޓްމަންޓުންނެވެ.
މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިޙާނުގައި 48 ސެންޓަރަކުން 4293 ދަރިވަރުން ބައިވެރިވިއެވެ. އެއީ އެޗްއެެސްސީ ބައިވެރިވި 1663 ދަރިވަރުންނާއި އެޑެކްސެލް އޭލެވެލްގައި ބައިވެރިވި 3842 ދަރިވަރުންނެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 1025 ދަރިވަރުންގެ އިތުރުވުމެވެ. އަދި އިމްތިހާނު ހަދާ ސެންޓަރުތައް ވެސް އޭގެ ކުރީ އަހަރަށްވުރެ އިތުރެވެ.
2023 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އޭލެވެލް އިމްތިޙާނުގައި އިށީނީ 3298 ދަރިވަރުންނެވެ. އިމްތިޙާނު ހެދީ 45 ސެންޓަރެއްގައެވެ.
advertisment
ހިޔާލު