ކިނބިދޫ ސްކޫލުގެ ޓިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް އެރަށު ކައުންސިލުން 85،000 ރުފިޔާގެ އެހީއެއް

ތ. ކިނބިދޫ ސްކޫލުން ކުރިއަށް ގެންދާ ޓިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް، މި ވަގުތަށް ބޭނުންވާ ތަކެތި ގަތުމަށް ފައިސާގެ އެހީތެރިކަން އެރަށު ކައުންސިލުން ފޯރުކޮށްދީފިއެވެ.

ކިނބިދޫ ކައުންސިލުން ވަނީ، ސްމާޓް ޓީވީ ހަރުނުކޮށް ހުރި ކުލާސްރޫމްތަކުގައި ސްމާާޓް ޓީވީ ހަރުކުރަން 85،000 ރުފިޔާގެ އެހީއެއް ވެދެއްވާފައެވެ.

ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ، 75 އަހަރާ ގުޅުވައިގެން އެ ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި ކުލާސްރޫމްތަކާއި ސްޓާފު ރޫމަށް ބޭނުންވާ ޓީވީ އާއި ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ހޯދީ ކައުންސިލުން ދިން ބޮޑު އެހީތެރިކަމާ އެކުގައި ކަމަށެވެ.

ކައުންސިލުގެ އެހީގައި މި ފަހަރު ހޯދީ ސްމާޓް ހަތް ޓީވީ އާއި ދެ ޕްރޮޖެކްޓަރެވެ.

" ސްކޫލް ޓިޖިޓަލައިޒޭޝަންގެ ޕްރޮގްރާމުގެ ދަށުން ހުރިހާ ކުލާހެއްގައި ޓީވީ ނޫނީ ޕްރޮޖެކްޓަރު ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ސްޓާފްރޫމާއި ކުލާސްރޫމްތައް ޖިޓިޓަލްކޮށް ގުޅާލައި، ސްޓާފުރޫމުގައި ތިބެގެން ކުލާސްރޫމުގައި ކުރެވޭ މަސައްކަތްތަކަށް ސަޕޯޓް ދެވޭނެ އިންތިޒާމް ހަމަޖެއްސުން" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން ދެން ކުރިއަށް ގެންދާނީ ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމްތައް ހޯދައިދޭން ކަމަށާއި މިހާރު ވެސް ބައެއް ޓީޗަރުންނަށް ކޮމްޕިއުޓަރު ސިސްޓަމްތައް ހޯދައި ދެވިފައިވާ ކަމަށެވެ.

"ހުރިހާ ޓީޗަރުންނަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހަމަކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ" އަޙްމަދު ވިދާޅުވިއެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ކިނބިދޫ ސްކޫލުގައި 300 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *