ޒަކާތު ފަންޑުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު

މިގެ އަހަރު ތަކެއް ކުރިން ޒަކާތު ފަންޑުން ދިން ސްކޮލަރޝިޕް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ދެވޭ ގޮތަށް އާ އުޞޫލު ގެޒެޓް ކޮށްފިއެވެ.

ސްކޮލަޝިޕުގެ އިތުރުން އަމިއްލަ ގޮތުން ކިޔަވަމުން އަންނަ ދަރިވަރުންނަށް މާލޭ ގޮތުން އެހީ ދޭ ގޮތަށް އޮތް އުޞޫލަށް ބަދަލު ގެނެސް "ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނު މުގެ އުސޫލު" ގައިވާ ގޮތުން ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދޭނީ ކަނޑައަޅާފައިވާ ވަކި އުޞޫލެއްގެ ދަށުންނެވެ. އެއީ މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތާއި މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުގެ އިތުރުން މަތީ ތަޢުލީމު ފުރިހަމަކުރުމަށް ދޭ އެހީއެވެ.

ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ދެވޭ ފުރުޞަތުތަކެ ކެވެ. މަތީ ތަޢުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕްގެ ފުރު ޞަތު ދޭނީ އިސްލާމީ ދާއިރާއަށް ޚާއްޞަކޮށްގެންނެވެ. ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް އިޢުލާނު ކުރުމުގެ ކުރިން އެ އިރެއްގެ ހާލަތަށް ބަލައި ސްކޮލަރޝިޕް ފުރުޞަތު ދޭނެ ދާއިރާތަކާއި ފުރުޞަތު ދޭނެ މަރުކަޒުތައް ކަނޑައަޅާނީ "ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީދިނުމާބެހޭ ކޮމެޓީ" އިންނެވެ.

ޒަކާތު ފަންޑުން ކިޔަވަން އެހީ ދިނުމަށް އިސްކަންދެނީ، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުމާއި، މާލީ ފުދުންތެރިކަން ނެތް މިންވަރަށާއި ތަޢުލީމީ ފެންވަރަށާއި ޤައުމަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް ބެލުމަށްފަހުއެވެ.

އަމިއްލަ ހަރަދުގައި ރާއްޖެ ނުވަތަ ބޭރު ގައުމެއްގައި ކިޔަވާއިރު، އެ ކޯހުގެ 75 ޕަސެންޓު ނިންމާފައިވާ ނަމަ ޒަކާތު ފަންޑުގެ އެހީއަށް އެހި ހުށަހެޅޭނެއެވެ.

ޒަކާތު ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ މިނިސްޓަރުގެ ލަފާގެ މަތިން ޒަކާތު ސްކޮލަޝިޕް ކޮމިޓީން އާންމުކޮށް ހުޅުވާލުމުންނެވެވ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *