މި އަހަރު، 28 މީހުންނަށް ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު

ޤުރުއާން ހިތުދަސްކުރި އުވައިސް ބިން އިނާސް އާ މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވާ މަރުޙަބާ ދަންނަވަނީ- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ތެރޭގައި 28 ފަރާތަކުން ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، 2024 ވަނަ އަހަރު ނިމެން ދެ ދުވަހަށް ވެފައިވާއިރު، ތިން ފަރާތަކުން ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ  އިމްތިހާން ހަދަމުން ދާ ކަމަށެވެ. އަދި ދެ ފަރާތަކުން އިމްތިހާނު ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ފަސް އަހަރުގެ ދަރިވަރަކު ޤުރުއާން ހިތުދަސްކޮށް މުރާޖިޢާކުރަން އެދިފައިވާ ކަމަށެވެ.

ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އިމްތިހާނު ކުރުމުގެ މަސައްކަތް ޤުރުއާނާބެހޭ މަރުކަޒުގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން އަތޮޅުތެރޭގައި ވެސް މިހާރު ކުރިއަށް ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *