ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ޑރ. ހައިދަރު

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ޑރ އަލީ ހައިދަރު މިއަދު އައްޔަން ކުރައްވައިފިއެވެ. ޑރ. ހައިދަރު ކުރިން ހުންނެވީ ހައުސިން މިނިސްޓަރު ކަމުގައެވެ. 2008 ވަނަ އަހަރު ވެސް ޑރ. ހައިދަރު ވަނީ ހައުސިން މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވާފައެވެ.

ޑރ. ހައިދަރު ޕީއެޗްޑީ ހާޞިލްކުރެއްވީ ޕްލޭނިންގ ސްޓަޑީޒްގެ ދާއިރާއިންނެވެ. މަތީ ތަޢުލީމް ހާޞިލް ކުރެއްވީ އިނގިރޭސިވިލާތާއި ޖަރުމަނު ވިލާތުންނެވެ. ޑރ. ހައިދަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޑިވެލޮޕްމަންޓް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1981 ވަނަ އަހަރުއެވެ. އޮފީސް ފޯރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އެކި މަރުހަލާތަކުގައި ރާއްޖޭގެ ރަށްވެހި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *