ރިނބުދޫ ސްކޫލުގައި ސައިންސް ލެބެއް ހަދަން 230،000 ރުފިޔާ ކައުންސިލުން ޚަރަދުކުރަނީ

ދ. ރިނބުދޫ ސްކޫލުގައި ސައިންސް ލެބެއް ހަދަން 230،000 ރުފިޔާގެ މަޝްރޫއެއް އެރަށު ކައުންސިލުން ފަށައިފިއެވެ.

ސައިންސް ލެބަށް ބޭނުންވާ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ރިނބުދޫ ކައުންސިލުން ވަނީ މިއަދު " ޓްވިންސް ޓްރޭޑް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ސައިންސް ލެބަށް ބޭނުންވާ އިމާރާތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ރިނބުދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ވަހީދު އަބްދުއް ރަހުމާން ވިދާޅުވީ، އެ ސްކޫލުގައި ކޮންބައިންކޮށް ކިޔަވައިދޭ ކޮމްބައިން ސްޓްރީމްގައި ދިހަ ވަރަކަށް ކުދިންނަށް ސައިންސްގެ ލެބްގެ ބޭނުން ހިފަންޖެހޭ ކަމަށާއި މިހާރު އެކަން ކުރަން ޖެހެނީ ކައިރި ރަށްރަށުގެ ސްކޫލްތަކުންނެވެ. އޭގެ ތެރޭގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނެއެވެ.

" ޕްރެކްޓިކަލް ސެޝަންތައް ބާއްވަން ދާން މިޖެހެނީ ކައިރިރަށްރަށް. އެއީ އެހާ ފަސޭހަ ކަމެއް ނޫން. ސްކޫލަށް މި ވަގުތު އެންމެ ދަތިވާ ކަންތައްތައް ކައުންސިލުން އެ ކޮށްދެނީ" މުޙައްމަދު ވަހީދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *